ދުނިޔޭގައި އަންހެނުންގެ އަދަދު ގިނަވެ ކޮންމެ ފިރިހެނަކަށް 50 އަންހެނުން ތިބޭ ހިސާބަށް އަންހެނުންގެ އަދަދު އިތުރުވެގެންދާނެއެވެ. ބައެއް ޙަދީޘްފުޅުތަކުގައި 40 ކަމަށްވެސް އެބަހުއްޓެވެ. މިއީ ވެސް ޤިޔާމަތުގެ އަލާމާތެއްގެ ގޮތުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާ ކަމެކެވެ.
މިގޮތަށް ކަންތައްތައް މެދުވެރިވަނީ އަންހެން ބޭފުޅުންގެ އެއްވެސް މައްސަލައެއް އޮވެގެނެއް ނޫނެވެ. ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި އެގޮތަށް ކަންތައްތައް މެދުވެރިވަނީ ފިތުނަތައް ގިނަވެ ހަނގުރާމަތައް އިތުރުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ފިރިހެނުން ހަނގުރާމަތަކުގައި މަރުވެގެންދާނެތީއެވެ.
ނަމަވެސް މިކަން އެހެން ނުވެވެސް ހިނގައިދާނެއެވެ. އުފަންވާ ކުދިންގެ ތެރޭގައި އަންހެން ކުދިންގެ އަދަދު ގިނަވުމުންވެސް މިކަން މިހެންވުމުގެ ފުރުޞަތު އެބައޮތެވެ. ފިރިހެނުންގެ މަދުވުމަކީ ޢިލްމުވެރިންގެ އަދަދު މަދުވެ ކޫސަނި މައްސަލަތައް އިތުރުވުމަށްވެސް މަގުފަހިވެގެން ހިނގައިދާނެ ކަމެކެވެ.
މިޢަލާމާތް އަދި ފެނިފައެއް ނުވެއެވެ. ނަމަވެސް މިއީ ފެންނާނެ ޢަލާމާތެކެވެ.
-- އައްޝައިޚް ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް ފްރްޤާން މިސްކިތުގައި ދެއްވި ދަރުސަކުން
(ރާއްޖެއަށް ބަލި ނަމަވެސް އަންހެނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ކުރިން އަންހެނުންގެ އަދަދު މަދު ބައެއް ރަށްރަށުގައި މިހާރު އަންހެނުންގެ އަދަދު އިތުރުވެ ދެ ޖިންސް ހަމަހަމަވެފައިވާއިރު ބައެއް ރަށްރަށުގައި އަންހެނުންގެ އަދަދު ދަނީ ފިރިހެނުންނަށްވުރެ އިތުރުވަމުންނެވެ.
ހަމައެއާއިއެކު ހަނގުރާމަތައް މިހާރުވެސް ހިނގަމުންދާ ސީރިޔާ، ޔަމަން، އަފްޣާނިސްތާނުގައި މިހާރުވެސް އަންހެނުންގެ އަދަދު އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެފަދަ ބައެއް ޤައުމުތަކުގެ އަންހެނުން އަޅުން ނުވަތަ ޖާރިޔާއިންގެ ގޮތުގައި ނުވިއްކި ނަމަވެސް ހަވޭލީތަކާއި ސޯކޭސްތަކުގައި ބައިތިއްބައިގެން އިޝްތިހާރުކޮށް ކުޑަކުޑަ އަގަކަށް އެކަނބަލުންގެ ކައިވެނި ކޮށްދީ ފިރިންނާއި ހަވާލުކުރަމުން ގެންދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.)