ސަވާބު ހޯދުމަށްޓަކައި ފަހު ދިހައިގައި މިކަންކަން ކުރުމަށް ކަޢުބާގެ އިމާމް އިރުޝާދު ދެއްވާ

ކިޔުމަށް ހޭދަވާނީ 1މ 9ސ
ސަވާބު ހޯދުމަށްޓަކައި ފަހު ދިހައިގައި މިކަންކަން ކުރުމަށް ކަޢުބާގެ އިމާމް އިރުޝާދު ދެއްވާ
މައްކާގައި ހުންނަ މާތް ވެގެންވާ ކައުބަތުﷲ ގެފުޅުގެ އިމާމް، ޝެއިޚް މާޙިރް އަލް-މުޢެޤްލީ ނަސޭޙަތް ދެއްވާފައިވެއެވެ.

"ގިނަގިނައިން ސަވާބު ހޯދުމަށް، ރަމަޟާން މަހުގެ ފަހު ދިހައިގައި މިކަންކަން ކުރުމަށް ސަމާލުވާށެވެ."

ޝެއިޚް ވިދާޅުވެފައިވަނީ ތިން ކަމެއްގެ ވާހަކައެވެ. އެއީ:

• "ރަމަޟާން މަހުގެ ފަހު ދިހައިގެ ކޮންމެ ރެއަކުވެސް ޞަދަގާތެއް ކުރާށެވެ. އެއީ އެއްމެ ޑޮލަރެއްގެ މިންވަރު ވިޔަސް މެއެވެ. ސަބަބަކީ، ފަހު ދިހައިގެ ރޭތަކުގެ ތެރެއިން އެއް ރެއަކީ ބަރަކާތްތެރި ލައިލަތުލް ޤަދްރް ވިލޭރޭ ކަމަށްވުމުން، އެރެއާއި ދިމާވެއްޖެނަމަ ތިމާ ކުރާ ކޮންމެ ޞަދަގާތަކަށްޓަކައި 84 އަހަރަށް ވާވަރަށް ތިމާއަށް ސަވާބާއި ދަރުމަ ލިބޭނެތީއެވެ."

• "ރަމަޟާން މަހުގެ ފަހު ދިހައިގެ، ކޮންމެ ރެއަކު ދެ ނަފްލު ނަމާދު ކުރާށެވެ. ސަބަބަކީ، ފަހު ދިހައިގެ ރޭތަކުގެ ތެރެއިން އެއް ރެއަކީ ބަރަކާތްތެރި ލައިލަތުލް ޤަދްރް ވިލޭރޭ ކަމަށްވުމުން، އެރެއާއި ދިމާވެއްޖެނަމަ ތިމާ ކުރާ ކޮންމެ ނަފްލް ނަމާދަކަށް 84 އަހަރުގެ ސަވާބާއި ދަރުމަ ލިބޭނެތީއެވެ."


• "ރަަމަޟާން މަހުގެ ފަހު ދިހައިގެ ކޮންމެ ރެއަކު ސޫރަތުލް އިޚްލާސް ކިޔަވާށެވެ. ސަބަބަކީ،ފަހު ދިހައިގެ ރޭތަކުގެ ތެރެއިން އެއްރެއަކީ ބަރަކާތްތެރި ލައިލަތުލް ޤަދްރް ވިލޭރޭ ކަމަށްވުމުން، އެރެއާއި ދިމާވެއްޖެނަމަ ޤުރްއާން ކިޔަވައިގެން ލިބޭ ސަވާބުން 84 އަހަރުގެސަވާބާއިދަރުމަލިބޭނެތީއެވެ."

- މަސްދަރު: އިސްލާމިކް އިންފޮމޭޝަން
މިއަދު އޮންލައިން