ޢީދު ނަމާދަކީ މިސްކިތްތައް އަހުލުވެރިންނާ ހަވާލުކުރާ ރަސްމިއްޔާތަކަށް ހަދައިގެން ނުވާނެ: ޝައިޚް ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޢީދު ނަމާދަކީ މިސްކިތްތައް އަހުލުވެރިންނާ ހަވާލުކުރާ ރަސްމިއްޔާތަކަށް ހަދައިގެން ނުވާނެ: ޝައިޚް ސަމީރު
ޢާންމު ގޮތެއްގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ނަމާދަށްދާ މީހުންގެ އަދަދު އިތުރުވެ މިސްކިތްތައް ފުރެއެވެ. މިސްކިތަށް ޢާންމުކޮށް ނަމާދަށްދާ މީހުން ޢާންމުކޮށް ނަމާދަށް ދާ ވަގުތުގައި ނަމާދަށް ހިނގައްޖެނަމަ ނަމާދުކުރަންޖެހޭނީ މަގުމަތީގައެވެ.

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް މިސްކިތްތަކަށް ދާ މީހުންގެ އަދަދު މަދުވެ ފަހަރަކު ސަފެއް އުނިވަމުންދެއެވެ. އެގޮތަށް ވަމުން އައިސް ޢީދު ނަމާދު ވެފައި އޮންނަނީ މިސްކިތްތައް، މިސްކިތްތަކުގެ އަހުލުވެރިންނާއި، (އެ މިސްކިތަށް ކުރިން ވެސް ނަމާދަށް ގޮސް އުޅުނު މީހުންނާއި) ހަވާލުކުރުމުގެ ރަސްމިއްޔާތަށެވެ. އީދު ދުވަހުގެ މެންދުރު ނަމާދު ކުރަންޖެހޭނީ މިސްކިތްތަކުގެ އަހުލުވެރިންނަށެވެ. ރޯދަ މަހު ނަމާދުކުރި ބައެއް މީހުން ދެން މިސްކިތުން ފެންނާނީ އަންނަ އަހަރުގެ ރޯދަ މަހުއެވެ.

ނަމަވެސް މިއީ މުސްލިމުން ކަންތައް ކުރަންޖެހޭނެ ގޮތެއް ނޫނެވެ. ރަމަޟާން މަހަކީ ކުރިއަށް އޮތް އަހަރު އަޅުކަންކުރުމުގައި އިތުރުހަކަތަ ލިބުމަށް އޮތް ފުރުޞަތެކެވެ. ރަމަޟާން މަހަކީ ހަށިގަނޑުގެ އެކު ދިމާތަކަށް ލިބިފައި ހުންނަ ގެއްލުންތައް މަރާމާތު ކުރުމުގެ މައްސަރެވެ.

ދުއްވާ ވެހިކަލްތައް ވެސް ދުވަސްތަކަކު ދުއްވުމަށްފަހު މަރާމާތު ކުރަމުއެވެ. މަތިންދާބޯޓުތައްވެސް އެހައި ބަރާބަރަށް ދަތުރުކުރަނީ ބަރާބަރަށް ސްޕެއަރތައް އައުކުރާތީއެވެ. އިންސާނުންގެ ހަށިގަނޑަކީ ވެސް ހަމަ އެގޮތަށް މަރާމާތުކުރަންޖެހޭ އެއްޗެކެވެ. ހަށިގަނޑުގެ ގުނަވަންތަކަށް މަރާމާތު ބޭނުންވާނެއެވެ. މަރާމާތު ކުރުމަށްފަހު އެ އެތި އެއްލައިލުމުން ކަމަކު ނުދާނެއެވެ.

ރަމަޟާން މަހަކީ ހިތުގައި ހުންނަ ހަސަދައާއި ކުނި މިލަތައް ފިލުވައިލުމުގެ މައްސަރެވެ. ނުބައި ކަންކަމުން ޠާހިރުވުމަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެކެވެ. ޠާހިރުވީމާ މީހާގެ ކަންކަން ހަލުއިވާނެއެވެ. ކަސްރަތުކުރީމާ ވާ ގޮތަށެވެ. މީހާއަށް މުރާލިކަން ލިބޭނެއެވެ. ވީމާ ރަމަޟާން މަހަކީ ނިމުމެއް ކަމަށް ނުހަދާށެވެ. އެއީ ފެށުމެއް ކަމަށް ހަދާށެވެ.

- މިރޭގެ އިޙްޔާ ފޯރަމްގައި އައްޝައިޚް އަޙްމަދު ސަމީރު ދެއްވި ދަރުސުން.
މިއަދު އޮންލައިން