ﷲ ގުނަވަންތައް ދެއްވީ ވިއްކާ ވިޔަފާރިކުރާކަށް ނޫން - ހަދިޔާ ކުރުމަކީ ކުރަން ރަނގަޅުކަމެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ﷲ ގުނަވަންތައް ދެއްވީ ވިއްކާ ވިޔަފާރިކުރާކަށް ނޫން - ހަދިޔާ ކުރުމަކީ ކުރަން ރަނގަޅުކަމެއް
ﷲ ތަޢާލާ އިންސާނުންނަށް ގުނަވަންތައް ދެއްވެވީ އެ ގުނަވަންތައް ވިއްކާ ވިޔަފާރިކުރާކަށް ނޫނެވެ. އެއިގެ ބޭނުން ޖެހިފައިވާ މީހާއަށް ހަދިޔާ ކުރުމަކީ ކުރަން ރަނގަޅުކަމެކެވެ.

ނަމަވެސް ވިސްނާށެވެ. މައިމީހާ މަރުވުމަށްފަހުގައި ކަމަށްވީނަމަވެސް މައިމީހާގެ ހުއްދަ ނެތި މައިމީހާގެ ގުނަވަނެއް ނަމަވެސް ނަގައި ބޭނުންކޮށްގެން ނުވާނެއެވެ. ހަމަ އެފަދައިން ދަރިންގެ ގުނަވަން ވެސް ބޭނުންކުރަންޖެހޭނީ ހުއްދަ ހޯދައިގެންނެވެ.

ހުއްދަ ހޯދުމަށްޓަކައި އެއްވެސް މީހަކު އަނެކަކަށް ބިރު ދައްކައި މަޖުބޫރުކުރުމެއް ނެތެވެ. އެދުމަކީ ކުރެވިދާނެ ކަމެކެވެ. ކަން މިހެން އޮތް ނަމަވެސް މާތް ﷲ ތިމާއަށް ދެއްވަވާފައިވާ ގުނަވަންތަކުގައި ސޭލްއަޅުވައި ބޮޑެތި އަގުތަކަށް ވިއްކާ މީހުން ދަނީ ގިނަވަމުންނެވެ.

ﷲ ތަޢާލާ ތިބާއަށް ގުނަވަން ދެއްވެވީ އެއްވެސް އަގެއް ތިބާގެ އަތުން ނެންގެވުމަކާއި ނުލައެވެ. ތިބާއަށް ކުރަންޖެހޭ ހަމައެކަނި ކަމަކީ މާތް ﷲ އަށް ޝުކުރުވެރިވުމެވެ. ކަމަކަށް ބޭނުންވެފައި ހުރި މީހަކު އަތުން ޚާއްޞަކޮށް އެމީހެއްގެ ފުރާނަ ސަލާމަތްކުރުން ބޮޑު މައްސަލައަކަށްވެފައިވާ މީހެއްގެއަތުން ބޮޑެތި އަދަދުތަކުން ފައިސާ އަތުލައި ގުނަވަން ވިއްކީމާ މިކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟

މާތް ﷲ އަށް ޝުކުރުވެރިވުމަކީ އެއީއެއް ނޫނެވެ. ޝުކުރުވެރިވާންޖެހޭނީ ހައްޤު ގޮތުގައެވެ. މާތް ﷲ އަށް ތިބާ ޝުކުރުވެރިވާނަމަ ތިބާއަށް މާތް ﷲ ދެއްވަވާނެ ނިޢުމަތްތަކާއިމެދު އިތުރަށް ވިސްނައިލާށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު އޮންލައިން