އެންމެ ހެޔޮ މީހާގެ ގޮތުގައި މަޙްޝަރުކުރެވެން ބޭނުންތަ؟: ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އެންމެ ހެޔޮ މީހާގެ ގޮތުގައި މަޙްޝަރުކުރެވެން ބޭނުންތަ؟: ޝައިޚް މުޙައްމަދު ލަޠީފް
އިންސާނާގެ ގުނަވަންތަކަކީ ބޭނުން ކުރުމުން ނުވަތަ ހަރަކާތް ކުރުމުން ވަރުބަލިވާ ގުނަވަންތަކެކެވެ. ދޫ ފިޔަވައެވެ. ކިތަންމެ ވަރަކަށް ބޭނުންކުރި ނަމަވެސް ވަރުބަލި ނުވުމަކީ ދުލަށް މާތް ﷲ ދެއްވަވާފައިވާ ޚާއްޞަ ބާރެކެވެ. ޚާއްޞަ ކުޅަދާނަ ކަމެކެވެ.

ހަމައެފަދައިން އެއީ އިންސާނާއަށް މާތް ﷲ ދެއްވަވާފައިވާ އެހައިމެ މަތިވެރި ނިޢުޢުމަތެއްވެސްމެއެވެ. ދުލުން ކުރެވޭ ބޭނުން ނިޢުމަތަކަށްވެގެންދާނީ އެގޮތުގައި ބޭނުން ހިފުމުންނެވެ. އެއީ މާތް ﷲ އަށް ޛިކުރު ކުރުމާއި ކީރިތި ޤްރްއާން ކިޔެވުމާއި ހެޔޮ ބަސްތައް ބުނުމާއި އެހެނިހެން ވެސް ހެޔޮ ޢަމަލުތަކަށް ބޭނުން ކުރުމެވެ.

ސުބްހާނަﷲ ވަބިޙަމްދިހީ- ހެނުނާއި ހަވީރު 100 ފަހަރު ކިޔައިފި މީހާއަށްވުރެ ޤިޔާމަތް ދުވަހު ހެޔޮ ކަންބޮޑު މީހަކު ނުވާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 100 ފަހަރަށްވުރެ ގިނައިން ކިޔަވައިފި މީހާ މެނުވީއެވެ.

މިކަލިމަ މިހައި މަތިވެރި ކަލިމައަކަށް ވެގެންދަނީ ބުނެވޭ ބަހުގެ މާތްކަމުންނެވެ. "ސުބްޙާނަﷲ" ގެ މާނައަކީ މާތްﷲ އަށް އެއްވެސް އައިބެއް ނެތްކަމާއި ހުރިހާ އައިބަކުން އެކަލާނގެ ހުސްޠޯހިރުވަންތަވެގެންވާ ކަމެވެ. "ވަބިޙަމްދިހީ"- އެފަދަ މަތިވެރި ކަލާނގެއަށް ޙަމްދުކުރަމެވެ.

ކިޔައިލަން އެހައިމެ ފަސޭހައެވެ. ގިނަ ވަގެން ހޭދަވާނީ 10 ވަރަކަށް މިނިޓް އިރެވެ. ލިބިގެން މިދަނީ ކޮންފަދަ ބޮޑު އަދި މަތިވެރި ނިޢުމަތެއްތޯއެވެ! ދުލުގެ ބޭނުން ހިފަންވީ ފައިދާ ހުރި ބަސްތައް ބުނުމަށެވެ. މާތް ﷲ އަށް ޛިކުރު ކުރުމަށާއި ކީރިތި ޤްރްއާން ކިޔަވައި އުނގެނުމަށެވެ. ދުލުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިފި މީހާއަކީ އަދި އެކަންކަމަށް (ދުލުން ބުނާ ހެޔޮ ބަސްތަކަށް) ޢަމަލުކޮށްފި މީހާއަކީ އެންމެ މަތިވެރިކަން ލިބޭނެ މީހުންގެ ތެރޭގައި ހިމެނޭނެ މީހެކެވެ.

- ރޭގެ ފަތިސް ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ދެއްވެވި ދަރުސުން
މިއަދު އޮންލައިން