އިމާމް މީހާ ރުކޫޢުގަ އޮއްވާ ޖަމާއަތުގަ ބައިވެރިވި މީހާއަށް އަލްޙަމްދު ނުކިޔެވި ނަމަވެސް އެ ރަކްޢަތް ލިބޭނެ- ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އިމާމް މީހާ ރުކޫޢުގަ އޮއްވާ ޖަމާއަތުގަ ބައިވެރިވި މީހާއަށް އަލްޙަމްދު ނުކިޔެވި ނަމަވެސް އެ ރަކްޢަތް ލިބޭނެ- ޑރ. އިޔާޟް
"ސޫރަތުލްފާތިޙާ (އަލްޙަމްދު) ކިޔަވާނެ ވަގުތު ނުލިބިއްޖެ މީހާ އާއި އިމާމް މީހާ ރުކޫއުގައި އޮއްވާ ޖަމާއަތުގައި ބައިވެރިވާ މީހާ ސޫރަތުލްފާތިޙާ ނުކިޔެވި ނަމަވެސް އެ ރަކްޢަތް ލިބޭނެއެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިޖަވާބު ދެއްވާފައިވަނީ މީހަކު ޖަމާއަތުގައި ބައިވެރިވެ ޙަރަމް ބަނދެ އަލްޙަމްދު ކިޔަވާނެ ފުރުޞަތު ނުލިބި އުޅެނިކޮށް އިމާމް މީހާ ރުކޫއަށް ދިއުމުން ފަހަތުން ރުކޫޢު ކުރި ނަމަވެސް އެ ރަކްޢަތް ލިބޭނެތޯ މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.

"ރަމަޟާން މަހު ނޫން ނަމަވެސް ޖަމާއަތުގައި ދަމު ނަމާދު ކުރެވިދާނެތޯ؟" ކުރި ސުވާލުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ ރަމަފާން މަސް ނޫން އިރެއްގައި ޖަމާޢަތް ހަދައިގެން ދަމު ނަމާދުކުރުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުން ސާބިތު ނޫން ކަމަށެވެ.

"ގޭގައި ނަމާދުކުރާއިރު ޚަތިމް ހުޅުވައި ފެންނަ ގޮތަށް ބާއްވައިގެން ބަލައިގެން ކިޔެވިދާނެތޯ؟" ކުރި ސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ ސުންނަތް ނަމާދުތަކުގައި އެ ގޮތަށް ޚަޠިމް ބަލައިގެން ކިޔެވިދާނެ ކަމަށެވެ.
މިއަދު އޮންލައިން