އަޅުގަނޑުމެން ލާން ގެންގުޅޭ ފޭރާން ބައުވުމުންވެސް އައުކުރަމުއެވެ. އަދި ބައު ނުވިނަމަވެސް މިގެންދަނީ ައުކުރަމުންނެވެ. ތިމާގެ އީމާންކަމަކީވެސް ހަމަ މިފަދައިން އަބަދުވެސް އައުކުރަމުން ގެންދަންޖެހޭ ކަމެކެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ އީމާންކަން ވަރުގަދަ ކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އަމުރުފުޅުކުރައްވަވައިފައެވެ. ހަދީޘްފުޅު ކުރައްވަވާފައިވަނީ އަބަދުވެސް ތިމާގެ އީމާންކަން ވަރުގަދަވާނެ ގޮތްތަކަށް މަސައްކަތްކުރުމަށާއި އެގޮތުގައި ދެމިތިބުމަށެވެ. އެބަހީ އީމާންކަން ވަރުގަދަކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުންމަތީގައި ދެމިތިބުމެވެ.
"އިނބަ ﷲ އަށް ކިޔަމަންގަތުންމަތީގައި މިއަޅާގެ ހިތް އިނބަ ﷲ ގެ ދީނުގައި ލަހައްޓަވައި ދެއްވަވައިދޭވެ!" ފަދަ ޢިބާރާތްތަކުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ގިނަގިނައިން ދުޢާކުރައްވަވައިފައެވެ. އެކަންކަމަށް އެދިވަޑައިގެން ތަފާތު ޢިބާރާތްތަކުން ވަނީ ދުޢާ ކުރައްވަވައިފައެވެ.
މިއަހަރުގެ ރަމަޟާން މަސް ވަކިވެގެން މިދިއައީއެވެ. އީމާންކަން މަތީގައި ސާބިތުވެ ހުރުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ލިބިފައިވާ އީމާންކަމުން އެއްވެސް މިންވަރެއް އުނިވެގެންދާނެ އެއްވެސް ކަމެއް މެދުވެރި ނުކުރެއްވެވުމަށާއި އިމާންކަން އަދިވެސް، މިހާރަށްވުރެވެސް އިތުރުކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުންމަތީގައި ސާބިތު ކަމާއިއެކު ދެމިތިބޭށެވެ.
- މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ދެއްވެވި ދަރުސުން