ޢީދު ނަމާދުކުރާނެ ގޮތް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޢީދު ނަމާދުކުރާނެ ގޮތް
ޢީދު ނަމާދުކުރާނީ ޚުޠުބާގެކުރިންނެވެ. ޢީދު ނަމާދަކީ 2 ރަކްޢަތް ނަމާދެކެވެ.

ފުރަތަމަ ރަކްޢަތުގައި ފުރަތަމަ ހަށަމާއިއެކު 7 ތަކްބީރު ކިޔަވާނެއެވެ. ކޮންމެ ދެ ތަކްބީރެއްގެ ދެ މެދުގައި ކުޑަ ވަގުތުކޮޅަކު މަޑުކޮށްލަންވާނެއެވެ.
ނަމަވެސް، މިދެމެދުގައި ކިޔާނެ ވަކި ޛިކުރެއް ސުންނަތުން ވާރިދުވެފައެއް ނުވެއެވެ.

ކޮންމެ ތަކްބީރަކާއިއެކު ދެއަތް ކަންފަތުގެ ފޫޅާއި ހަމައަށް އުފުލަންވާނެއެވެ.

ހަތް ތަކްބީރު ނިމުމުން ސޫރަތުލްފާތިޙާ ޚިޔަވާނީއެވެ.

އެއަށްފަހު ސޫރަތުލް ޤާފް ނުވަތަ ސޫރަތުލް އަލާ މިއިން ކޮންމެވެސް އެއް ސޫރަތެއް ކިޔެވުން ސުންނަތްވެގެންވެއެވެ.

އެއަށްފަހު ރުކޫޢު ސުޖޫދުކޮށްގެން ތެދުވާނީއެވެ.

ދެވަނަ ރަކްޢަތުގައި ފަސް ފަހަރު ޙަރަންގަންނަން ވާނެ އެވެ.

އެއަށްފަހު ސޫރަތުލް ޤަމަރި ނުވަތަ ސޫރަތުލް ޣާޝިޔާ ކިޔަވާނީއެވެ.

އެއަށްފަހު ރުކޫޢު ސުޖޫދުކޮށް ނަމާދު ނިންމައިލާނީއެވެ.

ނަމާދު ނިމިގެން އިމާމާ މައުމޫނުންނާއި މުޚާޠަބްކޮށް ޚުޠުބާ ދޭންވާނެއެވެ. - ވަﷲ އަޢްލަމް

- ވިދާޅުވެދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިއަދު އޮންލައިން