ޤައުމުގެ ކުރިއެރުމަށްޓަކައި ހަށިގަނޑުގަ ހުރި ހުރިހާ ހަކަތައެއް ބޭނުންކުރުމަށް އިމާމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޤައުމުގެ ކުރިއެރުމަށްޓަކައި ހަށިގަނޑުގަ ހުރި ހުރިހާ ހަކަތައެއް ބޭނުންކުރުމަށް އިމާމް ގޮވާލައްވައިފި
ޤައުމުގެ ތަރައްޤީ އާއި ކުރިއެރުމަށްޓަކައި ހަށިގަނޑުގައި ހުރި ހުރިހާ ހަކަތައެއް ބޭނުންކުރުމަށް އިމާމް ގޮވާލައްވައިފިއެވެ. އިމާމް މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ވިދާޅުވި ޢީދު ޚުޠުބާގައެވެ.

އިމާމް ވިދާޅުވީ އަމްނާ އަމާން ކަމަކީ މާތް ﷲ އިންސާނަކަށް ދެއްވަވާނެ އެންމެ ބޮޑު އެއް ނިޢްމަތް ކަމަށެވެ. އަދި އެއީ ހިތް ހަމަޖެހުމުގެ އަސާސް ކަމަށާއި ކޮންމެ އިޚްލާޞްތެރިއަކު ދަހިވެތިވާނެ ކަމެއް ކަމަށެވެ.

އިމާމް ވިދާޅުވީ މައްކާއަކީ އަމާންކަން ލިބިފައިވާ ރަށެއްކަމުގައި ލެއްވެވުން އެދިވަޑައިގެން އިބްރާހީމްގެފާނު މާތް ﷲ އަށް ދުޢާކުރެއްވެވި ކަމަށެވެ. އަދި އެރަށުގެ އަހުލުވެރިންކުރެ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވި މީހުންނަށް މޭވާތަކުން ރިޒްޤް ދެއްވެވުމަށް އެދިވަޑައިގެންވެސް ދުޢާ ކުރެއްވެވި ކަމަށެވެ.

އިމާމް ވިދާޅުވީ ރަމަޟާންމަހު ރޯދަ ހިފައި ނަމާދުކޮށް އަޅުކަން ކުރި ނަމަވެސް ރަމަޟާން މަސް ދިއުމުން ބައެއް މީހުން ﷲ ތައާލާ އާއި އޮންނަ ގުޅުން ކަނޑާލައި ނަމާދުކުރުން ހުއްޓައިލާ ކަމަށެވެ. މުޞްޙަފް ހުޅުވައިގެން ކީރިތި ޤްރްއާން ކިޔަވާތަނެއް އަދި ޛިކުރު ކުރާ ތަނެއްވެސް ނުފެންނަ ކަމަށެވެ.

ރޯދައަކީ ތަރުބިއްޔަތުގެ މަދަރުސާއެއް ކަމަށްވިދާޅުވެ ރޯދަ ހިފުމުން ލިބުނު ތަރުބިއްޔަތު ދެމެހެއްޓުމަށްވެސް އިމާމް ވަނީ ގޮވާލައްވައިފައެވެ.
މިއަދު އޮންލައިން