އުރުގުއޭއަށް މިސްރުގެ މައްޗަށް ހަނިމޮޅެއް

ކިޔުމަށް ހޭދަވާނީ 27ސ
އުރުގުއޭއަށް މިސްރުގެ މައްޗަށް ހަނިމޮޅެއް
ފިފާ ވަރލްޑް ކަޕްގެ މިއަދު ހަވީރުކުޅުނު މެޗު އުރުގުއޭއިން ކާމިިޔާބުކޮށްފިއެވެ.

މި މެޗު އުރުގުއޭއިން ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު 89 ވަނަ މިނެޓުގައި ޖަހައިދިނީ ގިމެނެސް އެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ނޭވާ ހިފަހައްޓާލާނެ ކިތަންމެ ފުރުޞަތުތަކެއް ވަނީ ދެޓީމުންވެސް ގެނެސްފައެވެ.

ވަރލްޑް ކަޕްގައި މިރޭ ކުޅޭނީ ގްރޫޕް ބީގެ ދެމެޗެވެ. އެގޮތުން މިރޭ 20:00ގައި މޮރޮކޯ އާއި އީރާން ބައްދަލުކުރާއިރު، 23:00ގައި ބައްދަލުކުރާނީ ޕޯޗުގަލް އާއި ސްޕެއިން އެވެ.
މިއަދު އޮންލައިން