މޮރޮކޯ އާއި އީރާންގެ ކުރިމަތިލުން އީރާނަށް

ކިޔުމަށް ހޭދަވާނީ 39ސ
މޮރޮކޯ އާއި އީރާންގެ ކުރިމަތިލުން އީރާނަށް
ރަޝިއާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެބޮޑު ފުޓްބޯޅަ މުބާރާތް ފިފާ ވަރލްޑް ކަޕްގައި މޮރޮކޯ އާއި އީރާން ބައްދަލުކުރި މެޗު އީރާނުން ކާމިޔާބުކޮށްފިއެވެ.

އީރާނުގެ މި ގޯލަކީ މޮރޮކޯގެ ޖާރޒީ ނަމްބަރ 20 ބޯހްޑޭޒްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މޮރޮކޯ އިން ވަރލްޑް ކަޕްގައި މިހާތަނަށް 4 ފަހަރު ކުޅެފައިވާ އިރު، އެޓީމުން ކުޅޭ ފުރަތަމަ މެޗުގައި މޮޅުވެފައެއް ނުވެއެވެ. އެޓީމުން ވަނީ 1970، 1986، 1994 އަދި 1988 ވަނަ އަހަރުގެ ވަރލްޑް ކަޕްގައި ކުޅެފައެވެ.
މީގެއިތުރުން ވަރލްޑް ކަޕް މެޗެއްގައި މިއީ އީރާން މޮޅުވި ދެވަނަ މެޗެވެ.

މި މުބާރާތުގައި މިރޭ 23:00 ގައިވެސް ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. ދުވަހުގެ ބޮޑު މެޗުގެ ގޮތުގައި ފާހަގަކޮށްފައިވާ މި މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލް އާއި ސްޕެއިން އެވެ.
މިއަދު އޮންލައިން