ފަހުހާފުގައި ސަރބިއާ ޖެހި ގޯލުން ކޮސްޓަރިކާ ރޮއްވާލައިފި

ކިޔުމަށް ހޭދަވާނީ 36ސ
ފަހުހާފުގައި ސަރބިއާ ޖެހި ގޯލުން ކޮސްޓަރިކާ ރޮއްވާލައިފި
ފިފާ ވަރލްޑް ކަޕްގައި މިއަދު ހަވީރު 5 ޖެހި އިރު ކުޅުނު މެޗު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ދަނިކޮށް ސަރބިއާއިން ޖެހި ގޯލާއެކު ކޮސްޓަރިކާ ރޮއްވާލައިފިއެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. މި ހާފުގައި ދެޓީމުންވެސް ވަނީ ގޯލުޖަހަން ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ގޯލެއް ޖެހޭގޮތްވަނީ ނުވެފައެވެ.

މިއަދުގެ މެޗުގައި ޖެހި ހަމައެކަނި ގޯލަކީ ސަރބިއާއަށް ލިބުނު ހިލޭޖެހުމަކުން ޖެހި ގޯލެކެވެ. މިގޯލު ޖަހައިދިނީ 56 ވަނަ މިނެޓުގައި ކޮލަރޯވްއެވެ.

ފިފާ ވަރލްޑް ކަޕްގައި މިރޭވެސް ދެ މެޗު ކުޅޭނެއެވެ. ރޭގަނޑު 8 ޖަހާއިރު ޖަރމަން އާއި މެކްސިކޯ ވާދަކުރާ އިރު، 11 ޖަހާއިރު ވާދަކުރާނީ ބްރެޒިލް އާއި ސްވިޓްޒަރލޭންޑެވެ.
މިއަދު އޮންލައިން