އުޒުރުވެރިން ފަސޭހަ ގޮތަކަށް ނަމާދުގައި އިނުމަކީ މައްސަލައެއް ނޫން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އުޒުރުވެރިން ފަސޭހަ ގޮތަކަށް ނަމާދުގައި އިނުމަކީ މައްސަލައެއް ނޫން
ނަމާދުގައި އިށީނދެ ތިބޭނެ ވަކި ގޮތްތަކެއް އެބަހުއްޓެވެ. ނަމަވެސް އެކަމަށް އަމަލުކުރަނީ ވަރަށް މަދު މީހެކެވެ. އެމީހަކަށް ފަސޭހަ ގޮތަކަށް އިށީންނަނީއެވެ. މިސްކިތްތަކުން މިހާރު ފެންނަ މަންޒަރަށް ބަލާއިރު 95 އިންސައްތަ މީހުން ނަމާދުގައި އިށީންނަނީ އެމީހަކު އިށީންނާނެ ގޮތަކަށެވެ.

އިށީނދެ އިނުމަށް ސުންނަތުގައިވާ ގޮތް ގިނަ ބައަކަށް މިހާރު ނުވެސް އެނގޭ ކަމަށް ބުނެވޭހައި މިންވަރަށް އިށީނދެ އިނުމުގައި ސުންނަތަށް ޢަމަލުނުކުރުން މިވަނީ ޢާންމުވެފައެވެ.

ނަމާދުގައި އެމީހަކަށް ފެސޭހަ ގޮތަކަށް އިށީނދެ އިނުން ހުއްދައެވެ. ފައިގައި ހުންނަ ތަދެއްގެ ސަބަބުން ނުވަތަ އެނޫންވެސް އެފަދަ ސަބަބެއް އޮތްނަމަ ހަމަ އެމީހަކަށް ފަސޭހަ ގޮތަކަށް އިންނަންވީއެވެ.

އެކަން އެނގިގެންދަނީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ މި ބަސްފުޅުންނެވެ. "އުޒުރެއްގެ ސަބަބުން ނަމާދުގައި އެހެން ގޮތަކަށް ނުއިނދެވޭނަމަ ފަސޭހަ ގޮތަކަށް އިންނާނީއެވެ. އެމީހެއްގެ ހާލަތު ﷲ މޮޅަށް ދެކެ ދެނވޮޑިގެންވެއެވެ."

ތިމާގެ ފައި ވަކި ގޮތަކަށް ނުބެއިންދިގެން ނަމާދު ނުކުރުމެއް ނެތެވެ. ފަސޭހަ ގޮތަކަށް ފައި ބައިންދައިގެން ނަމަވެސް އޮތީ ނަމާދުކުރުމެވެ.
މިއަދު އޮންލައިން