އެހެން މީހެއްގެ ވާހަކަ ދައްކާއިރު ހެޔޮ ބަހެއް ނުބުނެވެންޏާ، އެއްވެސް އެއްޗެއް ނުބުނެ ހުރުން ބުއްދިވެރި- މުފްތީ މެންކު

ކިޔުމަށް ހޭދަވާނީ 1މ 8ސ
އެހެން މީހެއްގެ ވާހަކަ ދައްކާއިރު ހެޔޮ ބަހެއް ނުބުނެވެންޏާ، އެއްވެސް އެއްޗެއް ނުބުނެ ހުރުން ބުއްދިވެރި- މުފްތީ މެންކު
މުފްތީ އިސްމާއިލް މެންކުގެ ދަރުހެއްގައި އޭނާ ވިދާޅުވެފައިވެއެވެ.

" އެހެން މީހެއްގެ ވާހަކަ ދައްކާއިރު، އޭނާއާއި ބެހޭ ގޮތުން ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. ހެޔޮ ބަހެއް ނުބުނެވޭނެހެން ހީވާކަމުގައިވަންޏާ އެއްވެސް އެއްޗެއް ނުބުނެ ހުރުން ބުއްދިވެރިއެވެ.

މާތް ނަބިއްޔާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވާފައިވެއެވެ. 'ހަމަކަށަވަރުން މާތް ﷲ އަށާއި އާޚިރަތަށް ފުރިހަމައަށް އީމާންވެ ޠަބަޢަވާ މުސްލިމުން، ހެޔޮ ބަހެއް ނޫނީ ނުބުނާނެއެވެ. ނުވަތަ އެފަދަ މީހުން ތިއްބަވާނީ ހަނުއެވެ.'

އެހެންކަމުން ތިމާގެ އަމިއްލަ ނަފްސާއި ސުވާލު ކުރާށެވެ. ތިމާއަކީ މާތް ﷲ އަށާއި އާޚިރަތަށް ފުރިހަމައަށް އީމާންވާ މީހެއްތޯ ސުވާލު ކުރާށެވެ. މީހުންނާއިއެކު އުޅޭ އުޅުމުގައާއި ޓެކްނޮލޮޖީގެ އެކިއެކި ވަސީލަތްތައް ބޭނުން ކުރާއިރު، ތިމާގެ ބަހާއި ޢަމަލާއި ދިމާވޭތޯ އާއި ތިމާއަކީ ޞޯލިޙު އަޅެއްތޯ ސުވާލު ކުރާށެވެ.

އަޅަމެން އެންމެން ވެސް ވިސްނާ ފިކުރު ކުރަންވީ، ހިސާބު ބެއްލެވޭ ދުވަހު އަޅަމެންނާއި އަޅަމެންގެ ރައްބުއާއި ބައްދަލުވެވޭ ހިނދު، އެންމެހާ ނުބައި ކަންކަމުން ބަރީޢަ ވެގެން ތިބެވޭތޯ އެވެ.

އެހެންކަމުން އަދިވެސް އެއްފަހަރު ނަސޭޙަތެއް ދެމެވެ. މީހުންގެ ވާހަކަ ދައްކާއިރު ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. ނެތި މޮށުމާއި ޣީބަ ބުނުމަކީ ވަރަށް ވެސް ނޭދެވޭ ނުރަނގަޅު، އަދި ގެއްލުމާއި ހަލާކުން ފުރިގެންވާ ކަންކަމެވެ."

މިއަދު އޮންލައިން