ރަޝިއާގައި މިހާރު ކުރިއަށްދާ ފިފާ ވަރލްޑް ކަޕްގައި ގްރޫޕް ސީގޭ އެއްވަނައަށް ފްރާންސް އަރައިފިއެވެ.
އެ ޓީމުން އެއްވައަށް އެރީ މިރޭ ކުޅުނު އެ ގްރޫޕުގެ މެޗު ޕެރޫއާ ވާދަކޮށް 1 ލަނޑު 0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ 34 ވަަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ އެމްބައްޕާއެވެ.
ބަލާހިތްވާ ކުޅުމެއް ފެނުނު މިމެޗުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ފަހި ފުރުޞަތުތަކެއް ހޯދާފައެވެ.
މި ނަތީޖާއާއެކު ގްރޫޕް ސީގެ އެއްވަނަ ފްރާންސްއަށް ލިބެނީ 6 ޕޮެއިންޓު ހޯދައިގެންނެވެ. ޑެންމާކް 4 ޕޮެއިންޓާއެކު ދެވަނައިގާ އޮތް އިރު، އޮސްޓްރޭލިއާ ތިންވަނައިގާ އޮތީ އެއްޕޮއިންޓާއެކުގައެވެ. އަދި މި ގްރޫޕުގައި އޮތް ޕެރޫއަށް ޕޮއިންޓެއް ނުލިބެއެވެ.
މިރޭ 11 ޖަހާއިރު ކުޅޭ މެޗުގައި ވާދަކުރާނީ ގްރޫޕް ޑީގެ އާޖެންޓީނާ އާއި ކްރޮއޭޝިއާއެވެ.
މި މެޗަށް މި ދެޓީމު ނުކުންނަ އިރު، އާޖެންޓީނާ ވަނީ އައިސްލޭންޑާ ކުޅުނު މެޗު އެއްވަރުވެފައެޗެ. އަދި ކްރިއޭޝިއާ އާއި ނައިޖީރިއާގެ މެޗު ކާމިޔާބުކުރީ ކްރޮއޭޝިއާއެވެ.