ހުރިހާ މުޞީބާތްތަކެއްގެ ޙައްލު: މުސްލިމުންގެ އެންމެ ބާރުގަދަ 2 ހަތިޔާރުގެ ބޭނުންކުރަނީ މަދުމީހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 32ސ
ހުރިހާ މުޞީބާތްތަކެއްގެ ޙައްލު: މުސްލިމުންގެ އެންމެ ބާރުގަދަ 2 ހަތިޔާރުގެ ބޭނުންކުރަނީ މަދުމީހެއް!
މުސްލިމުންގެ އެންމެ ބާރުގަދަ 2 ހަތިޔާރުގެ ބޭނުންކުރަނީ މަދުމީހެކެވެ. ކޮންމެ މުސްލިމެއްގެ އަތުގައި ވެސް މިދެ ހަތިޔާރު އެބައޮތެވެ. ދޫމައްޗަށް އެހައިމެ ފަސޭހަ ދެ ދުޢާއެވެ. ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވިނަމަވެސް މި 2 ހަތިޔާރުގެ ބޭނުން މިހާރަކަށް އައިސް ކުރަނީ މަދު މީހެކެވެ.

އެއްހަތިޔާރަކީ ހަތަރު އުދަރެސް ފެނުޖެހުމުން އިބްރާހީމްގެފާނު ބޭނުންފުޅު ކުރެއްވެވި ހަތިޔާރެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވެސް ގިނަގިނައިން ބޭނުން ކުރެއްވެވި ހަތިޔާރެކެވެ.

އެއިރު އިބްރާހީމްގެފާނަކީ ،14 15 ވަރަކަށް އަހަރުގެ ތުއްޕުޅު ބޭފުޅެކެވެ. ބުނެވޭ ގޮތުން އެއިރު ދުނިޔޭގައި ހުންނެވި ހަމައެކަނި މުސްލިމަކީ އިބްރާހީމްގެފާނެއެވެ. އިބްރާހީމްގެފާނު ބޮޑު ބުދު ތަޅުއްވައިލެއްވެވުމާއި ގުޅިގެން އެމީހުންގެ ދީނަށް އެނބުރިވަޑައި ނުގެންފިނަމަ އަލިފާންގަނޑަށް އެއްލާލައި އަންދައިލާނެކަމަށްބުނެ އަނިޔާކުރަމުން ގެންދިއައިރު ވެސް އިބްރާހީމްގެފާނު ސާބިތުވެ ހުންނަވައި ބޭނުންފުޅު ކުރެއްވެވީ މި ހަތިޔާރެވެ.
އެއީ (ޙަސްބުނަﷲ ވަނިއުމަލްވަކީލް) އެވެ. ކީރިތި ޤްރްއާނުގައި ވާރިދުވެގެންވާ މި ދުޢާ އެކަމުގެ ވަގުތުގައި ކިޔޭނީ އެފަދަ އީމާންތެރިކަމެއް ހުރި މީހަކަށެވެ. "މިއަޅާގެ ހުރިހާ ކަމެއް މާތްﷲ އަށް ވަކީލްކޮށްފީމެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ އިނބަ ﷲ އަށެވެ. އިނބަ ﷲ ނޫން އެހެން އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް މިއަޅާ ބޭނުމެއް ނުވެއެވެ. އިނބަ ﷲ ގެ ރުއްސެވުން މިއަޅާއަށް ލިބިގެންވާނަމަ މިއަޅާއަށް ފުދުނީއެވެ." ކޮންފަދަ މަތިވެރި ބަސްފުޅުތަކެއްތޯއެވެ. ކޮންފަދަ މަތިވެރި ވަކީލްކުރުމެއްތޯއެވެ!

3 ދުވަސް ވަންދެން ދަރުއަޅައި އަލިފާން ގަނޑު އަންދަމުން ގެންދިއައިރުވެސް އެ ބިޔަ އަލިފާންގަނޑު އިބްރާހީމްގެފާނަށް ވެގެންދިއައީ އަރާމު ބަގީޗާއަކަށެވެ. ފިނި ބަގީޗާއަކަށެވެ.

މި ދުޢާކުރުމަށް ބޭނުންވަނީ ހަމައެކަނި އިޚްލާޞްތެރިކަމެވެ. މިދުޢާ ފުރިހަމަގޮތުގައި ކުރެވޭނީ އެފަދަ އީމާންތެރި ކަމަކާއި އިޚްލާޞްތެރިކަމެއް ތިމާގެ ކިބައިގައި ހުރެގެންނެވެ. އެގޮތުގައި މިދުޢާ ކޮށްފިނަމަ އެމީހަކަށް ކުރިމަތިވެފައިވާ މުޞީބާތުން މާތް ﷲ އެމީހަކު ސަލާމަތް ކުރައްވަވާނެއެވެ.

އަހްޒާބް ހަނގުރާމައަށް ބަލައިލާށެވެ. ކާފަރުންގެ ބާރުގަދަ 10،000 ހަނގުރާމަވެރިން ތިބީ މަދީނާ ވަށާލައިގެންނެވެ. ޞަހާބީންގެ އަދަދަކީ އެންމެ ފަނަރަވަރަކަށް ސަތޭކައެވެ. ހަނގުރާމަ ކުރުމުގެ އެއްވެސް ޤާބިލުކަމެއް ޞަހާބީންނަކަށް ނެތެވެ. މަސްދުވަހަށްވުރެ ގިނަ ދުވަހު އެމީހުން މަދީނާ ހިސޯރުކޮށްގެން ތިއްބެވެ. ކާތަކެތި މަދީނާއިން ހުސްވިއެވެ. ކާނެ އެއްވެސް އެއްޗެއް ނެތިގެން ފަތްޕިލާވެލި ކާންޖެހުނެވެ.

އެހާލަތަށް ކަންކަން ދިއުމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ޞަހާބީން ބޭނުންފުޅު ކުރެއްވެވި ހަތިޔާރަކީ ވެސް ހަމަ (ހަސްބުނަﷲ ވަނިޢުމަލްވަކީލް) އެވެ.

ނަތީޖާއަކީކޮބައިހެއްޔެވެ؟ 10،000 ހަނގުރާމަވެރިން ތިބި އެ ބިއަ ލަޝްކަރު ހަމަ އެންމެ ރެއަކުން ގެއްލިގެންދިއުމެވެ. މާތް ﷲ ފޮނުއްވެވި ލަޝްކަރު މާބާރުގަދައެވެ. އެ ލަޝްކަރުގައި ފެނިގެން ދިއައީ ނަގޫރޯޅިއާއި ގަދަވަޔާއި ގަދަފިނި ފަދަ މުޞީބާތްތަކެވެ. ކަނޑިން އެންމެ ހަމަލާއެއްވެސް ދޭންޖެހުމަކާއި ނުލައި އެ ބިޔަ ލަޝްކަރު ހަމަ އެންމެ ރެއެއްގެ ތެރޭގައި ގެއްލިގެންދިއައީއެވެ. (ޙަސްބުނަﷲ ވަނިޢްމަލްވަކީލް) ގެ ބާރުގައެވެ.

ބުނެވޭ ގޮތުން ލަޝްކަރުގައި އެންމެ އިސްކޮށްހުރި އަބޫ ސުފިޔާން މުޞީބާތުން ސަލާމަތްވުމަށް އަވަހަށް ދާންވެގެން ސަވާރީއަށް އަރައި އަވަހަށް ދަތުރުފަށަން އުޅުނުއިރު އެއިގެ ދެފައި ބަންދުފައި އޮތްކަންވެސް ހަނދާނެއް ނެތެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ފިނިން ސަލާމަތްވުމަށް ރޯކޮށްފައި ހުރި އަލިފާން މުޅިތަނަށް ވިއްސައިގެން ދިއައީއެވެ. ކައްކަން އުދާފައި ހުރި ތެލިތައް ބަންޑުން ޖެހުނީއެވެ. ފޭލިގެތައް އުފުރައިގެންދިއައީއެވެ.

ނަމަވެސް ވިސްނާށެވެ. ޞަޙާބީން ހަމަ ތިއްބަވާފައި ދުޢާ ކުރެއްވެވީއެއް ނޫނެވެ. އެބޭކަލުން ތިއްބެވީ ހަނގުރާމައަށް ތައްޔާރުވެވަޑައިގަނެގެންނެވެ. ދުޢާކުރެއްވެވީ އެބޭކަލުންނަށް ކުރެއްވެންހުރި ކަންކަން ކުރައްވައިގެން ތިއްބަވައެވެ.

މި މަތިވެރި ދުޢާ:



ދެވަނަ ހަތިޔާރުގެ ގޮތުގައި މިފާހަގަކުރަނީ ޔޫނުސްގެފާނުގެ ދުޢާއެވެ. ކަނޑުގެ އަޑީގައި އެ ބިޔަ މަހުގެ ބަނޑުގައި އޮންނަވައިގެން ކުރެއްވެވި ދުޢާއެވެ. ޠޫނުސްގެފާނަށް ކުށެއް ކުރެއްވެވިއްޖެކަމަށް ޤަބޫލުފުޅު ކުރެއްެވެވުމުން އެކަން ޤަބޫލުފުޅުކުރައްވަވައި މާތް ﷲ ގެ ރަޙްމަތަށް އެދިވަޑައިގެން ކުރެއްވެވި ދުޢާއެވެ. ތައުބާ ޤަބޫލުފުޅުކުރެއްވެވުން އެދިވަޑައިގެން ކުރެއްވެވި ދުޢާއެވެ.

ކޮންެމެ ފަދަ މުޞީބާތެއް ކުރިމަތިވި ނަމަވެސް މި ދެ ހަތިޔާރުގެ ބޭނުން ކުރާށެވެ. މިދެ ދުޢާއިން ކާމިޔާބު ނުލިބޭނެ މުޞީބާތެއް ނުވެއެވެ.
ޔޫނުސްގެފާނުގެ ދުޢާ:

މިއަދު އޮންލައިން