ދީނީ ބައެއް ސުވާލާއި ޖަވާބު

ކިޔުމަށް ހޭދަވާނީ 1މ 51ސ
ދީނީ ބައެއް ސުވާލާއި ޖަވާބު
މިއީ އިސްލާމިކް ނޮލެޖް ވައިބާރ ގްރޫޕަށް ބައެއް ފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކާއި އޭގެ ޖަވާބެވެ.
މިސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ މަޝްހޫރު ދީނީ ޢިލުމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޛު އަބްދުއްލަތީފުއެވެ.

ސ. އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ހުކުރު ކުރުން ވާޖިބު ވާނެތޯ ނުވަތަ ނޫންތޯ؟
ޖ. އެރަށެއްގައި ވަޒަންވެރި ވެފައިވާނަމަ ވާޖިބުވާނެއެވެ.

ސ. ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުމުގެ މުހިންމު ކަމަކީ ކޮބާތޯ؟
ޖ. ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔަވައިފި މީހަކަށް އެރޭ ފުދިއްޖެ ކަމުގައިވެއެވެ.

ސ. ދެމޫނުގެ ވެރި މުނާފިޤުންނަކީ ކޮބާތޯ؟
ޖ. އެކި މީހުން ކައިރީ އެކި ގޮތަށް ވާހަކަ ދައްކާމީހުންނެވެ.

ސ. މުދަލުގެ ޒަކާތް ދައްކާއިރު، ދައްކަން ޖެހޭނީ މީހުންނަށް އަނބުރާ ދައްކާދީފަ ހުންނަ ފައިސާވެސް ހިމަނައިގެންތޯ؟
ޖ. އެފައިސާ ލިބޭނެކަމުގެ ޔަގީންކަން އޮންނަ ނަމަ އެބައިވެސް ހިމަނައިގެންނެވެ.

ސ. ރުޤްޔާ ކުރާ މީހަކަށް ޙައިޟުގެ ދުވަސްވަރު ރުޤްޔާ ކުރެވިދާނެތަ؟
ޖ. ކުރެވިދާނެއެވެ.

ސ. ވަނަން ކިޔުމަކީ އެހާ ރަނގަޅު ކަމެއް ނޫނޭ ބުނެއުޅޭ އަޑު އަހަމެވެ. ނަމަވެސް އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ އާއިލާ މީހުންނާއި އެކުވެރިން، އަޅުގަނޑުގެ ވަނަމުން އަޅުގަނޑާއި މުޙާތަބް ކުރާށެވެ. މިކަމުގެ ސަބަބުން އަޅުގަނޑު ފާފަވެރި ވާނެ ތޯއެވެ؟
ޖ. އެމީހެއްގެ ރުހުމުގައި ވަނަމުން ގޮވުމަކި މައްސަލައެއް ނޫނެވެ.

ސ. އިސްލާމްދީނަކީ ތެދު ދީންކަން އަންގަވާ ދެއްވުމާއި އެއްކޮށް އެނޫން އެހެން އެއްވެސް ދީނެއް ނުވާކަމުގެ ޔަގީންކަން ދީނުގައި ދެއްވާފައިވަނީ ކިހިނެއްތޯ؟ ސަބަބަކީ ދީން އެނގުމާއި އެއްކޮށް، ލާދީނީ މީހުންގެ ނަޒަރިއްޔާތު އަހާ ނުލަންޏާ ރަނގަޅަށް ދޭތި އަޅާކިޔާކަށް ނޭނގޭނެއޭ ޝައިޠާނާ ވަސްވާސް ލާދޭ، މިކަމަށް އޮތް ޙައްލަކީ ކޮބާތޯ؟
ޖ. އަޅުގަނޑުމެން ނެތުމުގެ ތެރެއިން އުފެއްދެވީ މާތް ﷲ އެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ކޮބާ ކަމާއި ގެއްލުން ހުރީ ކޮން ގޮތަކުންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ވީމާ އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯލަނބާ ކިޔަމަން ގަތުމަށްވުރެ މޮޅު ގޮތެއް ނޯންނާނެއެވެ.
މިއަދު އޮންލައިން