ހަނދުމަކޮށް ދިނުމެއް- ދައްޖާލު އަރަން އުޅޭކަމުގެ ނިޝާންތައް ފެންނަމުން އެބަދޭ! ރައްކާތެރިވަމާތޯ؟

ކިޔުމަށް ހޭދަވާނީ 3މ 26ސ
ހަނދުމަކޮށް ދިނުމެއް- ދައްޖާލު އަރަން އުޅޭކަމުގެ ނިޝާންތައް ފެންނަމުން އެބަދޭ! ރައްކާތެރިވަމާތޯ؟
ދައްޖާލުގެ ފިޠުނަވެރިކަމާއި ދޮގުތަކުން އަދި އޭނާއަށް ދެއްވާފައިވާ ބާރުތަކުގެ ސަބަބުން ދުނިޔެ ފަސާދަ ކުރާނެކަން ހުރިހާ މުސްލިމުންނަށް ވެސް އެނގިފައިވީ ނަމަވެސް، އެކަން ޤަބޫލު ކުރަނީ ހަމައެކަނި މާތް ﷲ އަށް ފުރިހަމައަށް އީމާންވާ މީސްތަކުންނެވެ.

އޭނާއަށް ދެވިފައިވާ ލަޤަބަކީ "ދޮގުވެރި މަސީހާ" ގެ ލަގަބެވެ.

މީގެ 1400 އަހަރު ކުރިން މާތް ރަސޫލާ މުޙައްމަދު ﷺ ވަނީ ދައްޖާލާއި ބެހޭ ގޮތުން ގިނަގުނަ މަޢުލޫމާތުތަކެއް އަހަރެމެންނަށް ދެއްވާފައެވެ. ދެކުނުގެ ޤައުމުތަކުން ދައްޖާލަށް ދީފައިވާ ނަމަކީ "އެންޓި ކްރައިސްޓް" އެވެ. އޭނާގެ ނުބައި ރޭވުންތަކުން މުޅި ދުނިޔެ ފަސާދަ ކުރާނެކަން ކަށަވަރެވެ.

ރަސޫލާ ﷺހަދީޘް ކުރެއްވި ގޮތުގައި ދައްޖާލު ފާޅު ވާނީ ދުނިޔެ ޤިޔާމަތްވާން ކައިރިވުމުންނެވެ. އޭނާގެ މައިގަނޑު މަޤްސަދަކަށްވާނީ މާތް ﷲ ގެ އަޅުތަކުން އިސްލާމްދީނާއި ދުރުކުރުމެވެ. އޭނާ މަސައްކަތް ކުރާނީ މުސްލިމުން އޭނާގެ މަގަށް ބޯލެންބޭތޯއާއި، މީސްތަކުން އޭނާއަށް ދައްކުވާދޭ މަގަކީ ޖަޙައްނަމްގެ މަގު ކަމުގައި ވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

ސަޙީޙް މުސްލިމް 7028# ގައި ތަމީމް އައްދާރީ ރިވާ ކުރައްވާފައިވެއެވެ. ރަސޫލާ ﷺޙަދީޘް ކުރައްވާފައިވަނީ އެކަލޭގެފާނުގެ ޒަމާނުގައި ދައްޖާލު ހުރީ ކޮންމެވެސް ރަށެއްގައި ހިލިހިލާ ޖަހާފައި ހައްޔަރުކޮށްފައި ކަމަށެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ، "ދައްޖާލު ވަނީ ސީރިއަން ކަނޑުގައި (މެޑިޓޭރިއަން ސީ) ނުވަތަ ޔަމަނީ ކަނޑުގައި (އެރޭބިއަން ސީ) ގައިވާ ރަށެއްގައި. ހަމަކަށަވަރުން އޭނާވަނީ އުތުރުގައި، އޭނާވަނީ އުތުރުގައި، އޭނާވަނީ އުތުރުގައި" ކަމަށެވެ.އެކަލޭގެފާނު މިހެން ޙަދީޘްފުޅު ކުރެއްވިއިރު އިޝާރާތް ކުރައްވާފައި ހުރީ މައްކާއިން އުތުރާއި ދިމާލަށެވެ. (ސަޙީޙް މުސްލިމް 7028#)
މީގެ އިތުރުން ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވަނީ، ދައްޖާލު ފާޅުވާނީ މައްކާގެ އުތުރުން ކަމަށެވެ. މައްކާގެ އުތުރުގެ ގިނަ ޤައުމުތަކަކުން މިހާރުވެސް ދަނީ ދައްޖާލު ފާޅުވާނެ ދުވަހަކަށް ތައްޔާރުވަމުންނެވެ.

ކަޒަކިސްތާން ގައި ހަދާފައިވާ އުސް ޓަވަރުތަކަކީ މިކަމުގެ ހެއްކެކެވެ. ހިތާމައަކީ، ސައުދީ ޝާޙީ އާއިލާއިން ވެސް އެކަމަށް ތައްޔާރުވަމުން އަންނަ ކަމެވެ.

ދައްޖާލުގެ ބައިވަރު ނިޝާންތައް (އެއް ލޯ ނިޝާންތައް) ސައުދީ ސޮސައިޓީގެ "ދަ ހައުސް އޮފް ސައުދް" ގައިވެއެވެ. އޭގެ ތެރޭގައި، ވަރަށް ގިނަ ސައުދީީީ ޕޮލިސް ބެޖްތަކުގައި މިނިޝާން ފާޅުވާން ހުންނަކަން ފާހަގަ ކުރެވެއެވެ. މިބެޖުތަކުގައި ދައްކުވައިދެނީ އެއް ލޮލާއި ތާޖެކެވެ. ތާޖު އިންނަނީ އެލޮލުގެ މަތީގައެވެ.

ކީރިތި ރަސޫލާ ﷺޙަދީޘް ކުރައްވާފައިވަނީ ދައްޖާލު ފާޅުވުމަށްފަހު، މަދީނާއަށް ދާނެ ކަމަށެވެ. އަނަސް ބިން މަލިކް ރިވާ ކުރައްވާފައިވަނީ، "ރަސޫލާ ﷺޙަދީޘް ކުރެެއްވިއެވެ. މަދީނާގެ ކައިރީގައިވާ އައްސޭރިފަށުގައި ދައްޖާލު މަޑު ކުރާނެއެވެ. އެހިނދު މަދީނާގެ ބިންގަނޑު ތިން ފަހަރަށް ހެލޭނެއެވެ. އެހިނދު އެބައެއްގެ ހިތްތަކުގައި ފުރިހަމަ އީމާންތެރިކަމެއް ނެތް މުނާފިޤުންނާއި ކާފިރުން، ދުވެފައި މަދީނާއިން ނިކުމެ ދައްޖާލު ކައިރިއަށް ދާނެއެވެ."

މަދީނާއިން ބޭރުގައި މިހާރުވެސް ބިނާއެއް ބިނާކުރެވެމުން އެބަދެއެވެ. އެބިނާއަށް "ކިންގްޑަމް ޕެލެސް" ގެ ނަމުން ނަން ދެވިފައިވީ ނަމަވެސް، ގިނަ މީހުން އެތަނަށް ކިޔަނީ "ދައްޖާލު ޕެލެސް" އެވެ.

ރަސޫލާ ﷺޙަދީޘްފުޅު ކުރައްވާފައިވެއެވެ. "ދައްޖާލު ނިކުމެ އުސް އިމާރާތެއްގެ އެންމެ މައްޗަށް އެރުމަށްފަހު، މަދީނާއަށް ބަލާނެއެވެ. އަދި އޭނާގެ އަހުލުވެރިންނަށް ބުނާނެތެވެ. 'ކަލޭމެންނަށް އެހެރެ ފެންނަ ހުދު ކުލައިގެ ގަނޑުވަރު ފެނޭހެއްޔެވެ؟ އެއީ 'އަޙްމަދް ގެ މިސްކިތް (އަލް-މަސްޖިދުއް ނަބަވީ) އެވެ.'" ރަސޫލާ ﷺގެމިސްކިތް އިންނަނީ، ދައްޖާލުގެ ގަނޑުވަރާއި ފެންނަފެނުމުން އެއް ރޮނގެއްގައެވެ.

ރަސޫލާ ﷺގެޒަމާނުގައި، މަސްޖިދުއްނަބަވީ ބިނާކޮށްފައިވަނީ އާދައިގެ ގޮތަކަށެވެ. ނަމަވެސް ޒަމާން ބަދަލުވެ ތަރައްޤީވުމަށްފަހު، މަސްޖިދުއް ނަބަވީ ވެސް ފެންވަރު ރަނގަޅުކޮށް ބިނާ ކުރުމުގެ ސަބަބުން، މިހާރު އެމިސްކިތް ފެންނަނީ ހުދުކުލައިގެ ގަނޑުވަރެއްގެ ސިފައިގައެވެ.

ދައްޖާލުގެ ފިތުނައިން ސަލާމަތްވެވޭނީ މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ފުރިހަމައަށް އީމާންވާ މީސްތަކުންނަށެވެ. ޤަވާއިދުން ނަމާދު ގާއިމުކޮށް ކީރިތި ޤުރްއާން ކިޔަވާ އަދި އިސްލާމްދީނުގެ ރުކުންތަކަށް ފުރިހަމައަށް ތަބަޢާވާ މުސްލިމުން، ދައްޖާލުގެ ކެހިވެރި ދޮގުތަކުގެ އަވައިގައި ނުޖެހޭނެއެވެ. އޭނާއަށް ތަބަޢާވުމުން އޮތީ ހަމައެކަނި ގެއްލުމާއި ހަލާކުކަން ފުރިހަމަ މުސްލިމުންނަށް ކަށަވަރުވާނެއެވެ.
މިއަދު އޮންލައިން