ޙަދީޘްކުރެއްވެވިއެވެ. "7 ގުނަވަން މަތީ ސަޖިދަ ކުރުމަށް ތިމަން ކަލޭގެފާނަށް އަމުރު ކުރެއްވެވިގެންވެއެވެ. އަދި ހެދުން ނުއޮޅުމަށާއި އިސްތަށިގަނޑުގައި ގޮށްނުޖެހުމަށެވެ."
މިޙަދީޘުން ދޭހަވާގޮތުން ގަމީހުގެ އަތުކުރީގެ އިތުރުން ފަޓުލޫނުގެ ފައިކުރިވެސް އޮޅައިގެންނުވާނެއެވެ. އެހެން ނަމަވެސް ފިރިހެނަކު ފައިކުރި ތަނބިކަށްޓަށްވުރެ ތިރީގައި ބަހައްޓައިގެން ނަމާދުކޮށްފިނަމަ އެ ނަމާދު ޞައްޙަނުވުން ގާތެވެ. އަތުކުރި އޮޅައިގެން ނުވަތަ ފައިކުރި އޮޅައިގެން ނަމާދު ކުރުމަކުން ނަމާދު ބާޠިލެއް ނުވާނެއެވެ. އެހެން ނަމަވެސް މަކުރޫހަވާނެއެވެ. މާނައަކީ ނަމާދުން ލިބެންވާ ފުރިހަމަ ސަވާބު ނުލިބޭނެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް -
— Islamic Knowledge (@IKviber) June 23, 2018