ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދު ވަގުތު ޖެހުމުން މަސައްކަތް ހުއްޓާލާފަ ނަމާދު ކުރަންވާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދު ވަގުތު ޖެހުމުން މަސައްކަތް ހުއްޓާލާފަ ނަމާދު ކުރަންވާނެ: ޑރ. އިޔާޟް
އެންމެ މުހިންމީ ކޮންމެ ނަމާދެއްވެސް އެނަމާދަކަށް ކަނޑައެޅިފައިވާ ވަގުތުގައި ކުރުން ކަމަށާއި ކިތަންމެ ބުރަކޮށް މަސައްކަތްކުރި ކަމުގައިވީނަމަވެސް ނަމާދު ވަގުތު ޖެހުނީމަ މަސައްކަތް ހުއްޓާލާފައި ނަމާދަށް އަރަންވާނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "އެކިއެކި ކަންކަން ކުރަން ހުންނައިރު ނަމާދު ވަގުތު ފާއިތުވުމުން އެ ނަމާދެއް ޤަޟާ ކުރެވިދާނެތޯ؟ މިސާލަކަށް ޢަޞްރު ނަމާދު ވަގުތުގައި މެންދުރު ނަމާދު ޤަޟާ ކުރެވިދާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖެއަށް ބެލި ނަމަވެސް އެންމެ ބޮޑަށް ކުރިއަރާފައިވަނީ ނަމާދު ވަގުޖެހުމުން މަސައްކަތް ހުއްޓާލާފައި ނަމާދުކުރުމަށް ސަމާލުކަންދޭ މީހުންކަން ފާހަގަކުރެވެއެވެ. ނަމާދު ވަގުތު ޖެހުމުން ވެސް ވިޔަފާރިކުރުން ހުއްޓާނުލައި ބަންދުބޯޑު އަޅުވައިގެން ވިޔަފާރިކުރާ މީހުން އެގޮތަށް އެކަން ކުރަން ތިއްބައި ވަގުތު ޖެހުމުން ނަމާދުކުރާ ގިނަ ވިޔަފާރިވެރިންތަކެއް ވަނީ މާބޮޑަށް ކުރިއަރައިގެން ގޮސްފައެވެ.
މިއަދު އޮންލައިން