ގެއްލޭ ރޯދައަށް ފަރުވާކުޑަކުރުމަކީ ޤަޟާ ކުރުމާއެކު ތައުބާވާންޖެހޭ ކަމެއް:ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ގެއްލޭ ރޯދައަށް ފަރުވާކުޑަކުރުމަކީ ޤަޟާ ކުރުމާއެކު ތައުބާވާންޖެހޭ ކަމެއް:ޑރ. އިޔާޟް
"އެއް އަހަރެއްގެ ރަމަޟާން މަހު ގެއްލޭ ރޯދަތައް ވިދިގެން އަންނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެކުރިން ޤަޟާކޮށް ނިންމަން ޖެހޭނެއެވެ.

ނަމަވެސް ބަލި ޙާލު ހުރި ގޮތުން ނުވަތަ އެނޫންވެސް މަޤްބޫލް އުޒުރެއް އޮވެގެން ނުހިފިއްޖެ މީހާގެ މައްޗަށް ފާފައެއް ނެތެވެ.

އެފަދަ މީހަކު ކަންތައް ކުރަން ޖެހޭނެ ގޮތަކީ ބަލިން ފަސޭހަ ވީމަ ނުހިފިހުރި ރޯދަތައް ޤަޟާކުރާނީއެވެ. ނަމަވެސް ރޯދަތައް ޤަޟާ ނުކުރެވި ލަސްވެފައިވަނީ ފަރުވާކުޑަކަމުން ކަމަށްވަނީނަމަ އެ ރޯދަތައް ޤަޟާކުރުމާއިއެކު ތައުބާވާންޖެހޭނެއެވެ." - ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ގެއްލޭ ރޯދަ އާއިމެދު ކަންތައްތައް ކުރަންޖެހޭނީ މިފަދައިން ކަމަށްވީނަމަވެސް މިއީ މިހާރަކަށް އައިސް ގިނަ ބައަކު ވަރަށް ބޮޑަށް ފަރުވާކުޑަކުރާ ކަމެއްކަން އެމީހުންގެ ވާހަކަތަކުން ދަނީ އެނގެމުންނެވެ. ޤަޟާކުރަންޖެހޭ ރޯދައިގެ އަދަދު ވެސް ނުއެނގޭ އެތައް ބައަކު މިހާރު ތިބިއިރު މިއީ ހޭލުންތެރިކަން އިތުރުކުރުވަން ޖެހިފައިވާ ކަމެއްކަމަށް ފާހަގަކުރެވެއެވެ.

ރޯދަ ހިފައި އުޅޭ ބައެއް މީހުންނަށްވެސް ހީވެފައި އޮންނަނީ 6 ރޯދަ ހިފުމުން ހުރިހާ ކަމެއް ޚަލާޞްވެގެންދާނެ ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ދަރަނި ރޯދަތައް ބަހައްޓާފައި ސުންނަތް ރޯދަ ކިތަންމެ ގިނައިން ހިފިނަމަވެސް ދަރަނި އަދައެއް ނުކުރެވޭނެއެވެ. ދަރަނި ހުންނާނީ ހަމަ ދަރަނީގެ ގޮތުގައެވެ. އަދާނުކުރާނަމަ ދާނީ ފުނިޖެހެމުންނެވެ.

ްޝައްވާލު މަހުގެ ސުންނަތް 6 ރޯދަ ހިފަންޖެހޭނީ ޤަޟާކުރަންޖެހޭ ރޯދަތައް ޤަޟާކުރުމަށްފަހުގައި ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަހަރުވެސް ވަނީ ބަޔާންކުރައްވައިފައެވެ.
މިއަދު އޮންލައިން