ރަޝިއާގެ މޮސްކޯގައި މިހާރު ކުޅޭ ފިފާ ވަރލްޑް ކަޕްގެ ގްރޫޕް އެޗްގައި ކޮލަމްބިއާ އާއި ޕޮލެންޑް ބައްދަލުކުރި މެޗު 3-0ން ކޮލަމްބިއާ ކާމިޔާބުކޮށްފިއެވެ.
މި މޮޅާއެކު ކޮލަމްބިއާ ވަނީ ގަދަ 16 ނުވަރަ ރައުންޑް އޮފް ސިކްސްޓީންގެ އުއްމީދު އާކޮށްފައެވެ.
ދާދި ހަމަހަމަ ކުޅުމެއް ފުރަތަމަ ހާފުގައި ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު 40 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ޖަހައިދީ ލީޑު ނަގައިދިނީ މިނާއެވެ. މިއީ ކޮލަމްބިއާއަށް ލިބުނު ކޯނަރެއް ގޯލު ކުތިމައްޗަށް ހުރަސްކޮށްލުމުން މިނާ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
ކަޒަން އެރެނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމްގެ އުއްމީދު އާކޮށްދިނީ 70 ވަނަ މިނެޓުގައި ބެލްޖިއަމްގެ ކެޕްޓަން ފަލްކާއޯ ޖަހައިދިން ލަނޑުންނެވެ. ކައުންޓަރ އެޓޭކެއްގައި އުފެއްދި ހަމަލާ ޕޮލެންޑުގެ ގޯލު އޭރިއާ ބޭރުގައި ހުރި ފަލްކާއޯއަށް ލިބުމުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލީ ގޯލުގެ ތިރީކަނަށެވެ.
މީގެ އިތުރުން މެދުރޮނގުގެ ސެންޓަރ ސަރކަލް ކައިރިން ލިބުނު ބޯޅަ ޑިފެންޑަރުންގެ ބީޓް ކުރުމަށްފަހު، 75 ވަނަ މިނެޓުގައި ޕޮލެންޑުގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެލްޖިއަމްގެ ކޮޑްރާޑޯ ވަނީ ލީޑު ފުޅާކޮށްފައެވެ.
މި ގްރޫޕުގައި ޖަޕާނާއި ސެނަގާލްއަށްވެސް 4 ޕޮއިންޓު ލިބިފައިވާ އިރު، މިރޭގެ މޮޅާއެކު ކޮލަމްބިއާއަށް ވަނީ 3 ޕޮއިންޓު ލިބުފައެވެ. އަދި ޕޮލެންޑަށް ޕޮއިންޓެއް ނުލިބޭ އިރު، އެޓީމު ވަނީ ގްރޫޕް ސްޓޭޖުން މުބާރާތަށް އަލްވަދާޢު ކިޔާފައެވެ.