ރަސޫލާ (ޞޢވ) އަނބިއަނބި ކަނބަލުންނަށް އަތްޕުޅުން ފަރިއްކުޅުއްވަން އެރުވި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރަސޫލާ (ޞޢވ) އަނބިއަނބި ކަނބަލުންނަށް އަތްޕުޅުން ފަރިއްކުޅުއްވަން އެރުވި
"ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެއްވެސް އަންހެނެއްގެ ގައިގައި ދުވަހަކުވެސް ޖައްސަވާފައެއް ނުވެއެވެ. އަދި އިތުރު އެކަލޭގެފާނަކީ ވަރަށް ޢިޝްޤާއެކު ކަންކަން ކުރައްވަވައި ހަޔާތް ވޭތިކުރެއްވެވި ބޭކަލެކެވެ. އަމިއްލަފުޅު އަތްޕުޅުން އަނބިއަނބިކަނބަލުންނަށް ފަރިއްކުޅުއްވަން އެރުއްވެވިއެވެ.

އަންހެނުން ބޭނުންވާ ކަންކަމަކީ އެއީ އެވެ. ލޯތްބާއި އަޅައިލުމާއި ހިމާޔަތެވެ." މިއީ ޝާކިރާ މިއަދު ކޮށްފައިވާ ޓްވީޓެކެވެ.

ޝާކިރާ އަކީ 77،000 އަށްވުރެ ގިނަ ފޮލޯވަރސް ތިބި އަންހެނެކެވެ. އެހެންކަމުން ދުނިޔޭގެ ގިނަ ބައަކަށް މި މެސެޖު މިހާރު ވާނީ ލިބިފައެވެ. އަދި އިތުރަށްވެސް ދާނީ ލިބެމުންނެވެ.

ރާއްޖެއަށް ބެލި ނަމަވެސް ކުރިމަތިވެފައިވާ އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށްޓަކައި މިފަދަ މެސެޖުތަކާއި ދަރުސްތައް އިތުރުކުރަން ޖެހޭކަން ގިނަ ބައަކު ފާހަގަކުރެއެވެ.

މިއަދު އޮންލައިން