ސަނާކިޔުން ހައްޤު ނޫން މީހުންނަށް ސަނާކިޔުމަކީ މުނާފިޤުންގެ ސިފައެއް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސަނާކިޔުން ހައްޤު ނޫން މީހުންނަށް ސަނާކިޔުމަކީ މުނާފިޤުންގެ ސިފައެއް: މުފްތީ މެންކް
ސަނާ ކިޔަން ހައްޤު ނޫން މީހުންނަށް ސަނާކިޔައި އެމީހާއަކީ ވެސް ތިމާ ބަލައިގަންނަ އަދި އިޙްތިރާމްކުރާ މާތް މީހެއްގެ ގޮތުގައި ބަލައިގަންނަ ކަމަށް ދެއްކުމަކީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެކެވެ. އެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

މި އަލާމާތް މިހާރު ދަނީ ފެންނަމުންނެވެ. ނުބައި ނުލަފާ ޖައްބާރުން، އަނިޔާވެރިން ފެނުމުން އެއީ މާތް މީހަކަށް ހަދައި ގަދަކަމުން ނަމަވެސް ހިނިތުންވެގެންހުރެ އެމީހަކާއި ބައްދަލުކުރާތަން މިދަނީ ފެންނަމުންނެވެ.

އެއްވެސް މީހަކަށް ރުޅިވެރިކަން ދެއްކުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް އެމީހަކީ ނުބައި ނުލަފާ، މީސްތަކުންގެ ހައްޤުތަކަށް އަރައިގަންނަމުންދާ މީހެއްނަމަ އެމީހަކާއި ގާތްވުމެއް ނެތެވެ. ޚާއްޞަކޮށް ވިސްނަން ޖެހޭނެ އެއް ކަމަކީ އެފަދަ މީހަކާއި ގުޅުން ބަދަހި ނުކޮށްގެން ތިމާއަށް އެއްވެސް ގެއްލުމެއް ލިބިދާނެކަމަށް ޤަބޫލުކޮށް ގުޅުން އުފެއްދުމެވެ. އެއްގޮތަކަށްވެސް އެކަން އެގޮތަށް ޤަބޫލުކުރުމެއް ނެތެވެ. ޙައްޤު ގޮތުގައި އެމީހަކު ހުރިނަމަ އެމީހާއަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. ކުރިއެރުންވެސް ދެއްވަވާނެތެވެ.

ހަމައެފަދައިން ނުބައި ނުލަފާ މީހަކާއިމެދު ބޭރުފުށުން އެއީ ރަނގަޅު މީހެއް ކަމުގެ ގޮތް ދެއްކުން ވެގެންދާނީ އަދި އެފަދަ މީހަކަށް ސަނާކިޔުން ވެގެންދާނީ މުނާފިޤް ކަމުގެ ސިފައަކަށެވެ. ވީމާ މިއީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ.

- މުފްތީ މެންކުގެ ދަރުސަކުން ‍-
މިއަދު އޮންލައިން