ގްރޫޕް އީ އިން ބްރެޒިލް އަދި ސްވިޓްޒަރލޭންޑް ގަދަ 16އަށް..

ކިޔުމަށް ހޭދަވާނީ 40ސ
ގްރޫޕް އީ އިން ބްރެޒިލް އަދި ސްވިޓްޒަރލޭންޑް ގަދަ 16އަށް..
ގްރޫޕް އީ އިން ބްރެޒިލް އަދި ސްވިޓްޒަރލޭންޑް ގަދަ 16އަށް އަރައިގިއެވެ.

މި ދެ ޓީމު ގަދަ 16އަށް އެރީ މިރޭ ކުޅުނު އެ ގްރޫޕްގެ ފަހުމެޗުތަކުގައި ބްތެޒިލް ކުޅުނު މެޗު ކާމިޔާބުކޮށް ސްވިޓްޒަރލޭންޑާއި ކޮސްޓަރިކާ މެޗު އެއްވަރުވުމުންނެވެ.

ބްރެޒިލް ސަރބިއާ އާވާދަކޮށް މޮޅުވީ 2-0ން ނެވެ. ލަނޑުތައް ޖަހައިދިނީ ޕައުލީނިއޯ އާއި ޓިއެގޯ ސިލްވާއެވެ.

ސްވިޓްޒަރލޭންޑާއި ކޮސްޓަރިކާ މެޗު ނިމުނީ 2-2ން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ބްރެޒިލްއަށް 7 ޕޮއިންޓު ލިބި، ތާވަލުގެ އެއްވަނަ ލިބުނީއެވެ. ސްވިޓްޒަރލޭންޑަށް ދެވަނަ ލިބެނީ 5 ޕޮއިންޓާއެކުގައެވެ. ސަރބިއާއަށް 3 ޕޮއިންޓު ލިބިފައިވާ އިރު، ކޮސްޓަރިކާއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
މިއަދު އޮންލައިން