ރައްޔިތުންގެ ހައްޤުތަކަށް ޚިޔާނާތްތެރިވާނަމަ އީމާންކަން ފުރިހަމައެއް ނުވާނެ: ޚުޠުބާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރައްޔިތުންގެ ހައްޤުތަކަށް ޚިޔާނާތްތެރިވާނަމަ އީމާންކަން ފުރިހަމައެއް ނުވާނެ: ޚުޠުބާ
މިއަދުގެ ހުކުރު ޚުޠުބާގައި އަމާނާތްތެރިކަމަށް ޚާއްޞަ ކުރައްވައިގެން ވަނީ ވަރަށް ގިނަ ނަޞޭޙަތްތައް ދެއްވައިފައެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "އަމާނާތްތެރިކަން ވަނީ ނަމާދުގައެވެ. އަމާނާތްތެރިކަން ވަނީ ޖުނުބުވެރިކަމުން ހިނައިގަތުމުގައެވެ. އަމާނާތްތެރިކަން ވަނީ މިނުމުގައެވެ. އެއަށްވުރެ ބޮޑަށް އަމާނާތްތެރިކަން ވަނީ ރައްކާކުރުމަށް ހަވާލުކުރެވޭ އެއްޗެތީގައެވެ."

އަމާނާތް އަދާ ނުކޮށް އީމާންކަން އަދާ ނުވާނެކަން ބަޔާންކޮށް އިތުރު ޙަދީޘްފުޅެއްވެސް ވަނީ ޚުޠުބާގައި ހިމަނައިފައެވެ. "އަމާނާތްތެރިކަން ނެތް މީހާގެ ކިބައިގައި އީމާންކަމެއް ނުވާނެއެވެ."

ޤައުމަކަށް ބަލައިފިނަމަ އެންމެ ބޮޑީ ރައްޔިތުންގެ ހައްޤުތަކެވެ. ބައިތުލްމާލުގައި ހުރި ރައްޔިތުންގެ ފައިސާއެވެ. ރައްޔިތުން ދަރަނިވެރިކުރުވައި ނަގާ ލޯނުތަކުގެ ފައިސާއެވެ. އެހެންކަމާއިއެކުވެސް ރާއްޖޭގައި އެންމެ ބޮޑަށް ޢާންމުވަމުން ދަނީ ޚިޔާނާތާއި ވައްކަޕާއި ކޮރަޕްޝަނުގެ މައްސަލަތަކެވެ. ދައުލަތުގެ ކޮންމެ މުއައްސަސާއެއްގެ އޮޑިޓް ރިPޯޓް ނެރޭއިރުވެސް ފާހަގަކުރެވެމުން އަންނަނީ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކެވެ. ރައްޔިތުންގެ ފައިސާތަކަށް އަރައިގެންފައިވާ މައްސަލަތަކެވެ. މާލިއްޔަތުގެ ޤާނޫނާއި ޚިލާފަށް ރައްޔިތުންގެ ފައިސާއިން ކަންކަން ކޮށްފައިވާ މައްސަލަތަކެވެ.

އެހެންކަމަށްވާއިރު ޚުޠުބާ ލިޔުއްވެވި ފަރާތަށް އިޒުނަ ލިބިގެންވާ މިންވަރުން މިއަދުގެ ޚުޠުބާގައި އެވަނީ އެފަދަ އަމަލުތައް ނުކުރުމަށާއި އަމާނާތަށް ޚިޔާނާތްތެރި ނުވުމަށް ގޮވާލެއްވުމުގެ އިތުރުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ މީސްތަކުންގެ ޙައްޤުތަކަށް އަމާނާތްތެރިވުމަށްކަން ބަޔާންކުރައްވައިފައިކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން