ހައްޖުވެ އުމުރާވުމުގެ ކުރިން ބަލަންޖެހޭނީ ނަމާދު ޤަބޫލުފުޅުކުރައްވަވާ މީހަކަށްވުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ހައްޖުވެ އުމުރާވުމުގެ ކުރިން ބަލަންޖެހޭނީ ނަމާދު ޤަބޫލުފުޅުކުރައްވަވާ މީހަކަށްވުމަށް!
މިއަދުގެ ޚުޠުބާގައި އިމާމް ވިދާޅުވިއެވެ. "ނަމާދު އެޅުމުގެ މާނައަކީ ނަމާދު ނުކުރުމެއް ނޫނެވެ. ނަމާދުކުރާ ކޮންމެ މީހަކީ ނަމާދުކުރާ މީހެއް ނޫނެވެ. މާތް ﷲ ނަމާދު ޤަބޫލުކުރައްވަނީ އެކަލާނގެ މަތިވެރިކަމަށްޓަކައި ހިތްތިރިކުރާ މީހުންގެކިބައިންނެވެ. ﷲ ޙަރާމްކުރެއްވެވި ކަންތައްތަކަށް އަރައި ނުގަންނަ މީހުންގެ ކިބައިންނެވެ. ކުށެއް ކުރެވޭއިރު އެ ކުށެއްގެ މަތީގައި ދެމި ނުތިބޭ މީހުންގެ ކިބައިންނެވެ."

މި ބަސްފުޅުތަކަށް ބަލާއިރު "މާތ ްﷲ ނަމާދު ޤަބޫލުފުޅު ކުރައްވަނީ އެކަލާނގެ މަތިވެރިކަމަށްޓަކައި ހިތްތިރިކުރާ މީހުންގެކިބައިން ކަމާއިި ﷲ ޙަރާމްކުރެއްވެވި ކަންތައްތަކަށް އަރައި ނުގަންނަ މީހުންގެ ކިބައިން" ކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެންދެއެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލައިފިނަމަ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ވައްކަންކުރުމާއި ދޮގުބުނުމާއި ދޮގުހެކި އުފެއްދުމާއި ދޮގު ހެކި ދިނުމާއި ޒިނޭ ކުރުމާއި މަސްތުވާ ތަކެތި ބޭނުންކުރުން ފަދަ ނުބައި އަމަލުތައް މުޖުތަމައުގައި ވަނީ ވަރަށް ބޮޑަށް ވަކިހިއްޕާލައިފައެވެ. އެފަދަ ނުބައި އަމަލުތައް ކުރަން ބިރުގަންނަ މީހުން މިވަނީ އިންތިހާއަށް މަދުވެފައެވެ.

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މީހަކަށް ކިތަންމެ ބޮޑު އަނިޔާއެއް ދިނުމަށްފަހުގައި ނަމަވެސް ކިތަންމެ ބޮޑު އަދަދުތަކުން ރިޝްވަތު ނެގުމަށްފަހުގައިވެސް އަދި ކިތަންމެ ބޮޑެތި އަދަދުތަކުން އެހާމެ ގިނައިން ވައްކަން ކުރުމަށްފަހުގައި ނަމަވެސް ހައްޖުވުން ނުވަތަ އުމުރާވުން ފަދަ ކަމެއްކޮށްލުމުން ހުރިހާ ކަމެއް ހައްލުކުރެވުނީ ކަމަށެވެ.

މިއަދުގެ ޚުޠުބާއަށް ބެލުމުން އެނގެނީ އެކަން އެގޮތަށް ނުނިމޭނެ ކަމެވެ. "މާތް ﷲ ނަމާދު ޤަބޫލުކުރައްވަނީ އެކަލާނގެ މަތިވެރިކަމަށްޓަކައި ހިތްތިރިކުރާ މީހުންގެކިބައިންނެވެ. ﷲ ޙަރާމްކުރެއްވެވި ކަންތައްތަކަށް އަރައި ނުގަންނަ މީހުންގެ ކިބައިން" ކަމަށް ބަޔާން ކުރައްވާފައި އޮތް ބަސްފުޅުން އެކަން ވަރަށް ރަނގަޅަށް ސާފުވެގެންދެއެވެ.

ނަމާދަކީ އިސްލާމް ދީނުގެ އެންމެ ވަރުގަދަ އެއްތަނބެވެ. 2 ވަނަ ރުކުނެވެ. ﷲ ތަޢާލާ އެމީހެއްގެ ކިބައިން ނަމާދު ޤަބޫލުފުޅު ނުކުރައްވަވާ މީހުންގެ ކިބައިން ޙައްޖާއި ޢުމުރާ ޤަބޫލުފުޅު ކުރައްވަވާނެކަމަށް ޤަބޫލު ނުކުރެވޭތީއެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް މުޙައްމަދު ނަބިއްޔާ (ޞޢވ) ގެ ރަސޫލުކަން ޤަބޫލުކުރުމަށްފަހު ދެން އޮތީ ނަމާދު ކުރުމުން ކަމަށްވާތީއެވެ.

ޙައްޖުވުމަކީ އިސްލާމް ކަމުގެ 5 ވަނަ ރުކުނެވެ. ޢުމުރާވުމަކީ މަތިވެރިވެގެންވާ ސުންނަތެކެވެ. ވީއިރު ނަމާދު ޤަބޫލުފުޅު ކުރައްވަވާފަދަ ޙާލަތެއްގައި ހުރި މީހަކަށް ނޫނީ ޙައްޖާއި އުމުރާ ވެވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
މިއަދު އޮންލައިން