އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ރައީސް ނަޝީދު ނިންމަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ރައީސް ނަޝީދު ނިންމަވައިފި
އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ރައީސް ނަޝީދު ނިންމަވައި އެކަން ހާމަކުރައްވައިފިއެވެ.

"2018 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަން ބަލައިގަންނަ ރިޔާސީ ކެންޑިޑޭޓެއް ނެތިދާނެކަމުގެ ކަންބޮދުވުމަށް އިޖާބަ ދިނުމުގެ ގޮތުން، އަޅުގަނޑަށް ލިބިފައިވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލަން އަޅުގަނޑު ނިންމައިފިން. މިކަން ކުރަން އަޅުގަނޑު ޤަޞްދުކުރަނީ އެމްޑީޕީގެ 3 ވަނަ ކޮންގްރެސްގަ" ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ޕްރައިމަރީ ކުރިއަށް ގެންދެވީވެސް މިހާރު ޙުކުމެއްގައި ތިއްބެވި އެއްވެސް ސިޔާސީ ލީޑަރަކަށް މިއަހަރުގެ އިންތިޚާބުގައި ކުރިމަތިނުލެއްވޭނެކަން ރަނގަޅަށް އެނގިވަޑައިގަންނަވާއިރުކަން ފާހަގަކޮށް އެކަމާއި ގުޅިގެން އެމްޑީޕީގެ މެންބަރުންގެ މެދުގައިވެސް ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ޤަބޫލުފުޅު ކުރައްވާ ގޮތުގައި ރައީސް ނަޝީދުގެ "ޗޮއިސް" އަކީ އެމަނިކުފާނުގެ ކެންޕޭނު މެނޭޖަރު އަސްލަމް އެވެ. ނަމަވެސް އެމްޑީޕީގެ ޗޮއިސްއަކަށްވާނީ އިބޫ ނުވަތަ ޝާހިދު ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ.

މިއަދު އޮންލައިން