ސަޖިދަ ޖަހާއިރު ޖައްސަންޖެހޭ 7 ގުނަވަނަކީ ނިތްކުރި އާއި ނޭފަތް، ދެއަތްތިލަ، ދެކަކޫ އަދި ދެފައިގެ އިނގިލިތައް (ޤިބުލަ އާއި ދިމާއަށް ލަންބާލައިގެން) އެވެ.
ބައެއް މީހުން ވަރަށް އަވަސްއަވަސްކޮށް ވެސް ނަމާދުކުރެއެވެ. ކިތަންމެ އަވަސްކޮށް ނަމާދުކުރި ނަމަވެސް ނަމާދު ފުރިހަމަވާނީ ނަމާދުކުރަންޖެހޭ ގޮތަށް ނަމާދުކުރުމުންނެވެ. އެގޮތުން ސަޖިދައިގައި އޮންނައިރު 7 ގުނަވަން ޖެއްސުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.