ޢަރަބި ކިޔަން ނޭނގުމަކީ މައްސަލައެއް ނޫން- ޙައްލަކީ ދަސްކުރުމާއި ދަސްކޮށްދިނުން: ޑރ. އިޔާޟް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޢަރަބި ކިޔަން ނޭނގުމަކީ މައްސަލައެއް ނޫން- ޙައްލަކީ ދަސްކުރުމާއި ދަސްކޮށްދިނުން: ޑރ. އިޔާޟް
ޢަރަބި ކިޔަން ނޭނގުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަށް އޮތް ޙައްލަކީ ދަސްކުުރުމާއި ދަސްކޮށްދިނުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

"ނުއެނގުމަކީ މައްސަލައެއް ނޫން. މައްސަލައަކީ ނޭނގިވެސް ދަސްކުރަން ނޫޅޭތީ. ނޫން ނަމަ އެނގޭމީހުން އުނގަންނައިދޭން ނޫޅޭތީ. ޙައްލަކީ ދަސްކުރުން. އަދި ދަސްކޮށްދިނުން."

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވީ "ފިރިމީހާއަށް ޤްރްއާން ކިޔަވަން އަދި އަރަބި ބަހުން ހުންނަ އެއްވެސް އެއްޗެއް (ދުޢާ، ނަމާދުގައި ކިޔާ ތަކެތި) ކިޔަން ނޭނގޭކަން އެނގިހުރެ އިނދެގެން އުޅުމަކީ ކޮންކަހަލަ ކަމެއްތޯ؟" ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

އަލަށް އިސްލާމްވާ މީހުންވެސް ނަމާދުކުރާށާ، ނަމާދުގައި ކިޔާ ތަކެއްޗާއި ކީރިތި ޤްރްއާން ކިޔަވަން ދަސްކުރަނީއެވެ. އެހެންކަމުން އެއްވެސް ސަބަބެއް މެދުވެރިވެގެން ނުއެނގޭ މީހަކު ހުރި ނަމަ އޮތީ ދަސްކޮށް އަމަލުކުރުމެވެ. އެނގޭ މީހުންނަށް އޮތީ ދަސްކޮށްދިނުމެވެ.

އެމެރިކާ ފަދަ ބައެއް ޤައުމުތަކުގައި ޢަރަބި ކިޔަން ނުއެނގޭ ވަރަށް ގިނަ އަދަދެއްގެ މުސްލިމުން އެބަތިއްބެވެ. އެމީހުން ނަމާދުގައި ކިޔާ ތަކެއްޗާއި ޛިކުރުތައްވެސް ކިޔައި އުޅެނީ އިނގިރޭސި އަކުރުން ލިޔެފައި ހުންނަ ލިޔުންތަކުން ދަސްކޮށްގެންނެވެ.
މިއަދު އޮންލައިން