ދީނީ މައުލޫމާތު: ޟުޙާ ނަމާދުގެ ވަގުތު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދީނީ މައުލޫމާތު: ޟުޙާ ނަމާދުގެ ވަގުތު

"ޟުހާ ނަމާދު ވަގުތު ވާނީީ އިރުއަރާ 10 ނުވަތަ 15 މިނިޓް ފަހުންނެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޟުޙާ ނަމާދުގެ ވަގުތު ޖެހޭނީ އިރު ބަމައަކަށްވުރެ މައްޗަށް އެރުމުން ކަމަށްވާއިރު އެކަމަށް ބޭނުންވާ ވަގުތަކީ ކިހައި އިރެއްކަނ ކޮންމެ ދުވަހަކު ބެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް 10 ނުވަތަ 15 މިނިޓް ބަލައިގެން ކޮށްފިނަމަ ވަގުތާއި ދިމާވާނެއެވެ.

ޝައިޚް އިބްން ބާޒް ވިދާޅުވެފައިވަނީ އިޝްރާޤް ނަމާދަކީ ވަގުތުގެ ކުރީކޮޅުގައި ކުރާ ޟުޙާ ނަމާދު ކަމަށެވެ. (ފަތުވާ: 401/11)

ޝައިޚް އިބްން އުތައިމީން ވިދާޅުވެފައިވަނީ ޟުޙާ ނަމާދުގެ ވަގުތަކީ އިރު އަރައި 15 މިނިޓުން ފެށިގެން މެންދުރު ނަމާދު ވަގުތު ޖެހުމުގެ 10 މިނިޓް ކުރި ކަމަށެވެ. އެހެންކަމުން މިދެ މެދުގައިވާ ހުރިހާ ވަގުތަކީވެސް ޟުޙާ ނަމާދުގެ ވަގުތު ކަމަށެވެ. (އަލް ޝަރަޙް އަލްމުމްތި 122/4)

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ޞުޙާ ނަމާދުކުރުން އެންމެ ރަނގަޅީ އިރު އަރައި އިރުގެ ހޫނުކަން ލިބެން ފެށުމުންނެވެ. (ޞަޙީޙް މުސްލިމް: 748)
މި ސުވާލު އުފެދިގެން އަންނަނީ އިމާމާގެ ފަހަތުގައި ފަތިސް ނަމާދުކުރުމަށްފަހު ޢުމްރާއެއްގެ ސަވާބު ހޯދުމަށްޓަކައި ޟުޙާ ނަމާދުކޮށްގެން ފައިބަން މިސްކިތުގައި މަޑުކޮށްގެން ތިބޭ މީހުންނަށް ނުވަތަ ފަިސް ނަމާދު ކުރުމަށްފަހު ޛިކުރުނމަތީގައި ގޭގައި މަޑުކޮށްގެން ތިބޭ އަންހެނުންނަށް އެ ނަމާދު އެންމެ އަވަހަށް ކުރެވިދާނެ ވަގުތާއި ގުޅިގެންނެވެ.
މިއަދު އޮންލައިން