"ޣައިރު މުސްލިމް ފަނޑިޔާރުންނަށް މުސްލިމުންގެ މައްޗަށް ޙުކުމް ކުރެވޭ ގޮތަށް ދޮރުތައް ހުޅުވާލުމަކީ ހުއްދަ ކަމެއް ނޫން. ބަލަންވާނީ ރަނގަޅު ހެޔޮ ލަފާ މުސްލިމުން ނެރެވޭތޯ. ޣައިރު މުސްލިމުން އެއީ އޮޕޝަނެއް ނޫން!" ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ސަޢުދިޢަރަބިޔާގައިވެސް ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްގޮތަށް ނިންމަންޖެހޭ ވިޔަފާރީގެ މައްސަލަތައް ފަދަ ކަންކަމުގައި ބައިނަލްއަޤްވާމީ ވަކީލުންނާއި ފަނޑިޔާރުންގެ ލަފާ ހޯދި ނަމަވެސް ޝަރީޢަތްކޮށް ޙުކުމް އިއްވަނީ އެ ޤައުމުގެ ފަނޑިޔާރުންނެވެ.
ދީނީ ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި މުސްލިމުންގެ މައްޗަށް ޝަރީއަތްކޮށް އަދި ޙުކުމް އިއްވަންޖެހޭނީ އިސްލާމީ ޝަރީޢަތް ރަނގަޅަށް ދެނެވަޑައިގަންނަވާ، އިބުރުވެރި، ﷲ ތަޢާލާއަށް ބިރުވެތިވާ ފަނޑިޔާރުންނެވެ.
Ghairu muslim fandiyaarunnah muslimunge mahchah hukum kureveygothah dhoruthah hulhuvaalumakee huhdha kameh noon! Balan vaanee rangalhu heyolafaa muslimun nereveythoo! Ghairu Muslimun eiy option eh noon!
— Ali Zaid (@alizaid1000) July 1, 2018