ފިފާ ވަރލްޑް ކަޕް ރައުންޑް އޮފް ސިކްސްޓީންގެ ތިންވަނަ މެޗު މުބާރާތް ބާއްވާ ޤައުމު ރަޝިއާއިން ކާމިޔާބުކޮށް ކްއާޓަރ ފައިނަލަށް ހިނގައްޖެއެވެ.
މިރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތުގައި ދެޓީމުންވެސް 1-1ން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު 30 މިނެޓު ކުޅުމުންވެސް ލަނޑު ބޯޑުގައި އިތުރު ލަނޑެއް އެޅުވޭގޮތެއް ނުވިއެވެ.
މިއީ ނޮކް އައުޓް މެޗަކަށްވާތީ، ދެން ޖެހުނީ ޕެނަލްޓީ ޝޫޓް އައުޓަށްދާށެވެ.
އެގޮތުން ޕެނަލްޓީ ޝޫޓް އައުޓުގައި ކުރި ލިބުނީ ރަޝިއާ އަށެވެ. މި މެޗުގައި ރަޝިއާގެ ކީޕަރުގެ ފަރާތުން ވަނީ މޮޅު ދިފާޢުތަކެއް ފެނިފައެވެ.
މިރޭ 11 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޑެންމާކް އަދި ކްރޮއޭޝިއާ އެވެ.