ޑެންމާކް ބަލިކޮށް ކްރޮއޭޝިއާ ކްއާޓަރއަަށް..

ކިޔުމަށް ހޭދަވާނީ 36ސ
ޑެންމާކް ބަލިކޮށް ކްރޮއޭޝިއާ ކްއާޓަރއަަށް..
ފިފާ ވަރލްޑް ކަޕްގެ ރައުންޑް އޮފް ސިކްސްޓީންގައި ޑެންމާކް އަދި ރަޝިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ކްރޮއޭޝިއާ އިން ކްއާޓަރގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މި މެޗު ކްރޮއޭޝިއާ އިން ކާމިޔާބުކުރީ މެޗު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓް އައުޓުގައި 2-3ން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު 30 މިނެޓުގައިވެސް ކޮންމެ ޓީމަކަށް ޖެހިފައިވަނީ އެއްލަނޑެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

މި މުބާރާތުގައި މިރޭ 7 ޖަހާ އިރު، ބްރެޒިލް އާދެކޮޅަށް މެކްސިކޯ ނުކުންނަ އިރު، 11 ޖަހާ އިރު، ޖަޕާން ނުކުންނާނީ ބެލްޖިއަމް އާދެކޮޅަށެވެ.
މިއަދު އޮންލައިން