ﷲ ތައާލާ ބާވައިލައްވަވާފައިވާ އިލާހީ ޙުކުމްފުޅތައް ބަދަލުކުރުމަކީ ވެސް އިސްލާމް ދީނަށް ފުރައްސާރަކުރުން ކަމާއިއެ ބަދަލުކުރި ޙުކުމްތަކާއި އެއްގޮތަށް މުސްލިމުން އަމަލުކުރުން ލާޒިމްކުރާ މީހާއަށްވެސް ހަރުކަށި ޝަޒާ ލިބެންޖެހޭ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ދީނީ ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ﷲ ތަޢާލާ ޙުކުމްފުޅުތައް ބާއްވަވައިލައްވަވައިފައިވާ ކަންކަމުގައި އެ ޙުކުމްފުޅުތައް ދޫކޮށް އެހެން ގޮތަކަށް ކުރާ ކޮންމެ ޙުކުމަކީ ﷲ ތަޢާލާއަށް ކުރާ ފުރައްސާރައެކެވެ. އެ ޙުކުމް ކުރާ މީހާ އެ ބުނަނީ އޭނާ ﷲ ތަޢާލާއަށްވުރެ މާމަތި ކަމަށާއި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންކަން ނުކުރާނެ ކަމަށާއި ﷲ ތަޢާލާއަށްވުރެ އެމީހަކަށް ކަންކަން މާބޮޑަށް އެނގޭ ކަމަށް ކަމަށެވެ.
ރާއްޖެއަށް ބެލި ނަމަވެސް މިފަދަ މައްސަލަތައް ފެންނަން އެބަހުއްޓެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ހައްދުތައް ވަނީ ބަދަލުކޮށްފައެވެ. މަސްތުވާ ތަކެތި ބޭނުން ކުރުމަކީ ކުށެއް ނޫން ކަމަށާއި އެއީ ބައްޔެއް ކަމަށް ކަނޑައެޅުން ފަދަ ބޮޑެތި ބަދަލުތައް ވަނީ ގެނެސްފައެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ހަރުކަށި ސަޒާ ދެވޭ ނަމަ ﷲ ތައާލާ ބާވައިލައްވަވާފައިވާ އިލާހީ ޙުކުމްތައް ބަދަލުކޮށް މުސްލިމުން އެ ބަދަލުކުރި ޙުކުމްތަކާ އެއްގޮތަށް އަމަލުކުރުން ލާޒިމްކުރާ މީހާއަށްވެސް ހަރުކަށި ޝަޒާ ލިބެންޖެނޭނެ ކަމަށެވެ.
"ދީނަށް ފުރައްސާރަކުރާ މީހުންނަށް ހަރުކަށި ސަޒާ ދެވޭ ނަމަ އިލާހީ ޙުކުމްތައް ބަދަލުކޮށް މުސްލިމުން އެ ބަދަލުކުރި ޙުކުމްތަކާ އެއްގޮތަށް އަމަލުކުރުން ލާޒިމްކުރާ މީހާއަށްވެސް ހަރުކަށި ޝަޒާ ލިބެންޖެހެއެވެ."
Dheenah furassara kurameehunna harukashi saza dheveynama ilaahi hukumuthah badhaluko muslimun a badhalukuri hukumuthaka eggotha amalukurun lazimukurameehayah ves
— Ilyas Hussain (@ilyaasipa) July 3, 2018
Harukashi saza liben jeheeve.