ދީނީ މައުލޫމާތު: ދަރިންނަށް ނަންކިޔަން ކަތިލާ ބަކަރީގެ މަހަށް ހަދާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ދީނީ މައުލޫމާތު: ދަރިންނަށް ނަންކިޔަން ކަތިލާ ބަކަރީގެ މަހަށް ހަދާނީ ކިހިނެއް؟
ދަރިންނަށް ނަން ކިޔަން ކަތިލާ ބަކަރީގެ މަސް 3 ބައަށް ބަހަންވާނެއެވެ. އެއްބައި ކާނީއެވެ. އަނެއްބައި ދޭނީ އަވަށްޓެރިންނަށެވެ. އަނެއްބައި ބަހާނީ ފަޤީރުންނަށެވެ.

"އެއްބައިކައިފައި އަނެއްބައި އަވަށްޓެރިންނަށް ދީފައި އަނެއްބައި ފަޤީރުންނަށް ދޭނީ. ކައްކާފައި ވިޔަސް ނުކައްކާ ވިޔަސް މައްސަލައެއް ނެތް." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ޢަޤީޤާގެ ގޮތުގައި ކަތިލެވޭ ބަކަރީގެ މަހަށް ހަދާނެ ގޮތަކާއިބެހޭގޮތުން މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

މިހާރަކަށް އައިސް ރާއްޖެއިން ބަކަރި ގަންނަން ލިބޭ އަގު ބޮޑުވުމުން ގިނަ ބައަކު ދަނީ މިޞުރު ފަދަ ޤައުމުތަކަށް ފައިސާ ފޮނުވައިގެންވެސް ޢަޤީޤާ ކަތިލަމުންނެވެ. ޢިލްމުވެރިން ވިދާޅުވަނީ އެގޮތަށް ޤައުމުން ބޭރުގައި ކަތިލާނަމަ ފަޤީރުންނަށާއި މިސްކީނުންނަށް ބަހައިލުމުން ފުދުނީ ކަމަށެވެ.
މިއަދު އޮންލައިން