ކޮންމެ ދުވަހަކު ނަމާދުކުރާ މީހަކަށްވުމަށް ޙައިޟު ނުވާ ގޮތް ހެދުމަކީ އިސްލާމީ ޝަރީއަތުގައި ލިބޭ ލުއިފަސޭހަކަމުގެ ރޫޙާ ބުރޫއަރާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކޮންމެ ދުވަހަކު ނަމާދުކުރާ މީހަކަށްވުމަށް ޙައިޟު ނުވާ ގޮތް ހެދުމަކީ އިސްލާމީ ޝަރީއަތުގައި ލިބޭ ލުއިފަސޭހަކަމުގެ ރޫޙާ ބުރޫއަރާ ކަމެއް!
ކޮންމެ ދުވަހަކު ނަމާދުކުރާ މީހަކަށްވުމަށް ޙައިޟު ނުވާ ގޮތް ހެދުމެއް ނެތެވެ! ނަމަވެސް ބައެއް މީހުން ކޮންމެ ދުވަހަކު ނަމާދުކުރާ މީހަކަށްވުމަށްޓަކައި ހައިޟުނުވާ ގޮތް އެބަހަދައެވެ. (ބޭސްކެއުން ފަދަ ކަންކަން ކޮށްގެން.) ނަމަވެސް އެއީ ﷲ ތަޢާލާ އެކަން ކުރަން އަންގަވާފައިވާ ގޮތެއް ނޫނެވެ. އެފަދަ ކަންކަން ވާނީ ﷲ ތަޢާލާ އުފުލަން ނުޖައްސަވާ ތަކުލީފެއް އަމިއްލައަށް އުފުލުމަށެވެ. އަދި މިއީ އިސްލާމީ ޝަރީއަތުގެ ރޫޙާ ޝަރީއަތުގައި ބަޔާންވެގެންވާ ލުއިފަސޭހަކަމާއި ބުރޫއަރާ އަދި އިސްލާމް ދީނުގައި ލިބިގެންވާ ލުއިފަސޭހަކަމުގެ ރޫޙާއި ޚިލާފް ކަމެކެވެ.

އިސްލާމް ދީނުގައި ވަނީ ގިނަ ކަންތައްތަކެއް ލުއި ކޮށް ދެއްވަވައިފައެވެ. އެއީ އުޒުރުވެރިންނަށް ރޯދަ ޤަޟާކުރެވުމާއި ނަމާދުކުރުމުގައި ކޮޅަށް ނުހުރެވޭ މީހާއަށް އިށީނދެ އިނދެ ނަމާދުކުރެވުން ފަދަ ކަންކަމެވެ. (އިށީނދެ ނުއިނދެވޭ މީހާއަށް އޮށޯވެ އޮވެގެންވެސް ކުރެވޭނެއެވެ.)

އަޅުކަންކުރަން ތަކުލީފަކަށްވާ ޙާލަތްތަކުގައި އެކަން ކުރެވެނެ ލުއި ގޮތްތައް މާތް ﷲ ވަނީ މިންވަރުކުރައްވަވައިފައެވެ. އެހެންކަމާއިއެކުވެސް ތަކުލީފްތައް އުފުލަންޖެހޭ ކަންކަން ވެސް އެބަހުއްޓެވެ. ރޯދަވެރިޔާއަށް ބަނޑުހައި ކަމާއި ކަރުހިއްކުން ކުރިމަތިވެއެވެ. ޙައްޖުގެ އަޅުކަން އަދާކުރަންދާ މީހާއަށް ދަތުރުގެ ބުރައާއި ޙައްޖުގެ މަނާސިކުތައް އަދާކުރުމުގައި ބުރަތަކެއް އުފުލަން ޖެހެއެވެ. އެހެން ކަމާއިއެކުވެސް އިސްލާމް ދީނުގައި ނެތް ބުރަކަމެއް އުފުލުމަކީ ދީނީ ކަމެއް ނޫނެވެ.

ސުންނަތް ނަމާދުކުރުން ފަދަ ކަންކަމުގައިވެސް އެއްވެސް މީހަކަށް ނުއުފެލޭނެ ވަރުގެ ތަކްލީފްތައް ނުއުފުލުމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ބަޔާންކުރައްވަވައިފައެވެ. (މާނައަކީ ދަމު ނަމާދު ފަދަ ނަމާދުތައް ކުރުމުގައި އެމީހަކަށް ކުރެވޭނެ މިންވަރަކަށް ކުރުމެވެ. ގަދަކަމުން ބާރުލިބިގަނެގެން ނުކުރުމެވެ.)

- މިއަދުގެ ހުކުރު ޚުޠުބާއިން -
މިއަދު އޮންލައިން