ސްވިޑްންގެ މައްޗަށް ކުރިހޯދާ އިންގެންޑް ސެމީއަށް..

ކިޔުމަށް ހޭދަވާނީ 1މ 7ސ
ސްވިޑްންގެ މައްޗަށް ކުރިހޯދާ އިންގެންޑް ސެމީއަށް..
ފިފާ ވަރލްޑް ކަޕްގެ ކްއާޓަރ ފައިނަލުގެ ތިންވަނަ މެޗުގައި އިންގްލެންޑާއި ސޮވިޑްން ވާދަކޮށް، އިންގެންޑުން މެޗު ކާމިޔާބުކޮށް ސެމީ ފައިނަލަށް ހިނގައްޖެއެވެ.

ސަމަރާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބުކުރީ 0-2 ލަނޑުންނެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނުނު ފުރަތަމަ ހާފުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ 30 ވަނަ މިނެޓުގައި މަގުއަރ ޖަަހައިދިން ލަނޑުންނެވެ. މިއީ ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ އިންގްލެންޑަށް ލީޑު ފުޅާކޮށްދިނީ 59 ވަނަ މިނެޓުގައި ޑެލީ އަލީ ޖަހައިދިން ލަނޑުންނެވެ.

މި ލަނޑަށްފަހު ސްވިޑްން އިން ވަނީ އިންގްލެންޑުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. 61 ވަނަ މިނެޓުގައި ފޮނުވާލި މި ހަމަލާ އިންގްްލެންޑުގެ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތުމުން ދެވަނަ ފަހަރަށް ފޮނުވާލުމުން ޑިފެންޑަރުން ވަނީ ދިފާޢުކޮށްފައެވެ. އަދި މީގެފަހުންވެސް ސްވިޑްން އިން ވަނީ 72 ވަނަ މިނެޓުގައި އިންގެންޑުގެ ގޯލަށް ހަމަލާއެއް ގޮނުވާލާފައެވެ. ބަރގް ފޮނުވާލި މިހަމަލާވެސް ވަނީ އިންގެލެންޑުގެ ކީޕަރު ދިފާޢުކޮށްފައެވެ.

ސެމީ ފައިނަލުގައި އިންގްލެންޑާއި ވާދަކުރަބް ޖެހޭނީ މިރޭ 11 ޖަހާއިރު ބައްދަލުކުރާ ރަޝިއާ އަދި ކްރޮއޭޝިއާ މެޗުން މޮޅުވާ ޓީމަކާއެވެ.
މިއަދު އޮންލައިން