މާތް ﷲ ތިމާ އިމްތިހާނު ކުރައްވަނީ ކީއްވެތޯ ސުވާލު ނުކުރާށޭ!- މުފްތީ މެންކު

ކިޔުމަށް ހޭދަވާނީ 2މ 24ސ
މާތް ﷲ ތިމާ އިމްތިހާނު ކުރައްވަނީ ކީއްވެތޯ ސުވާލު ނުކުރާށޭ!- މުފްތީ މެންކު
"ތިމާ ހިތްދަތިވުމުން ވެސް މާތް ﷲ އާއި ސުވާލު ނުކުރާށެވެ. އެކަލާނގެ ތިމާ އިމްތިހާނު ކުރައްވަނީ ކީއްވެތޯ، ތިމާ ދެކެ ލޯބި ނުވަނީތޯ ވެސް ސުވާލު ކުރުމަކީ ގޯހެކެވެ.

ތިމާއަށް އެފަދައިން ވިސްނޭނެނަމަ، އެކަލާނގެ ލޯބިފުޅުވާ އެއްވެސް އަޅަކު މިބިމުގައި ނެތީތާއެވެ. އެހެނީ، އެކަލާނގެ އަބަދުވެސް ހުރިހާ އަޅުތަކުން ވެސް އިމްތިހާނު ކުރައްވަވާނެއެވެ.

މާތް ﷲ އެކަލާނގެ ރަސޫލާ މުޙައްމަދު (ޞޢޥ) ވެސް އިމްތިޙާނު ކުރެއްވެވިކަން ހަނދުމަ ކުރާށެވެ. އެކަލޭގެފާނަކީ އެކަލާނގެ އެންމެ ލޯބިފުޅުވި އަދި އެކަލާނގެ އެންމެ ފުރިހަމައަށް އުފެއްދެވި އިންސާނާއެވެ. ނަމަވެސް އެހެން އެއްވެސް އަޅަކަށްވުރެ، އެހެން އެއްވެސް އިންސާނަކަށްވުރެ، އެކަލޭގެފާނަށް ކުރިމަތިވެ ވަޑައިގަތް އިމްތިހާނުތައް މާގިނަވެފައި ބޮޑެވެ.

އެހެންކަމުން ތިމާއަށް ކުރިމަތިވާ އިމްތިހާނު ތަކަކީ ހަމަ ކަށަވަރުން ވެސް އެކަލާނގެ ތިމާ ދެކެ ލޯބިފުޅުވުމުގެ ހެއްކެއް ނޫން ކަމުގައި ނުވެއެވެ.

މިހެން ބުނުމުން ސުވާލު އުފެދިދާނެއެވެ. އިމްތިހާނުތައް ގިނަ ވުމަކީ އެކަލާނގެ ލޯބިފުޅުވާކަމުގެ ނިޝާނަކަށް ވަނީ ކިހިނެއް ހެއްޔެވެ؟ އެކަމެއްގެ މިސާލެއް ކިޔާދީފާނަމެވެ.

ޒުވާނެއް އުފަންވީ ވަރަށް ވެސް މުއްސަނދި މާހައުލަކަށެވެ. އޭނާއަކީ ނަސީބުވެރިއެކޭ ބުނެ އުޅުއެވެ. އަތުގައި ފައިސާއާއި އާރާއި ބާރު އެކުލެވިގެން ވެއެވެ. އެންމެ ތުއްތު އިރުން ފެށިގެން ޒުވާން އުމުރާއި ޖެހެން ދެން ވެސް އޭނާ ދިރިއުޅުނީ އެފަދަ މުއްސަނދިކަމާއި މަށްހޫރުކަމާއި އެކުގައެވެ. އެހެންކަމުން ގިނަ މީހުންގެ މެދުގައިވެސް އޭނާ ވަރަށް މަޤްބޫލު މީހަކަށް ވިއެވެ.

އޭނާއަށް އެފަދަ ފަސޭހަ އަރާމު ދިރިއުޅުމެއް އުޅެވުމުގެ ސަބަބުން، އެއްވެސް ވަރަކަށް ދައްޗާއި މުސީބާތާއި ކުރިމަތިލާކަށް އޭނާއަކަށް ނޭނގުނެވެ.

އެހެން ދުވަސްތައް ފާއިތުވުމުން، އެއް ދުވަހަކު އޭނާ ކާރެއްގައި ދަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއް ވިއެވެ. އޭނާގެ ހަށިގަނޑަށް އެއްވެއް ގެއްލުމެއް ނުވެއެވެ. ނަމަވެސް އެއެކްސިޑެންޓުގެ ސަބަބުން އޭނާ ކާރު ހަލާކުވެ، އާއިލާގެ މުއްސަނދި ކަމަށް އަސަރު ކުރިއެވެ.

އެފަހަރު ފުރާނަ ސަލާމަތް ކުރުމުން މާތް ﷲ އަށް ޙަމްދު ކުރި ކަމުގައި ވިޔަސް، ޝުކުރު ކުރަންވީ މާތް ގޮތަށް އޭނާއަށް ޝުކުރެއް ނުކުރެވުނެވެ.

މިސްކިތައް ގޮސް ނަމާދެއްކޮށް، އޭނާގެ ފުރާނަ ސަލާމަތް ކުރެއްވީތީ އެކަލާނގެ ޙަޟްރަތައް ޝުކުރެއް ނުދަންނަވައެވެ. ކުރެވޭ ކުށްތަކަށް ފާފަ ފުއްސެވުން އެދި ދުޢާކޮށް ތައުބާވުމަށް އެކަލާނގެ އަންގަވާފައިވާއިރު ވެސް، އެކަންކަން ނުކުރެއެވެ.

އޭނާ ދިރިއުޅެމުން އައި ގޮތަށް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އޭނާގެ ބޭސްފަރުވާއަށް ގިނަ ފައިސާތަކެއް އާއިލާގެ އަތުން ދިޔައެވެ. ފައިސާ ހޯދަން އަމިއްލައަށް މަސައްކަތެއް ކުރަން ދިޔުމަށް އޭނާ ނުކުޅެދުނެވެ.

އަތްމަތި މާބޮޑަށް ދަތިވެ، އެކުވެރިންގެ އެހީތެރިކަމަށް އެދޭ ހިސާބަށް ކަންތައްތައް ދިޔުމުން ވެސް، ހެއްދެވި ފަރާތް މަތިން އޭނާ ހަނދާން ނުވިއެވެ. އޭނާ ދުނިޔެއިން ވަކިވެގެން ދިޔައީ އެއްވެސް އާރެއް ބާރެއް ނެތި، އާއިލާގެ މީހުންނަށް ވެސް ޖެހުނު މުސީބާތެއް ކަމުގެ ނަން ބޮލުގައި އެޅިގެންނެވެ." - މުފްތީ މެންކް

މިއަދު އޮންލައިން