ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމުގެ މަގާމަށް، އެމަޖިލިހުގެ އަމީން އާންމުގެ ނައިބެއްގެ ގޮތުގައި ހުންނެވި ފާތިމަތު ނިއުޝާ އައްޔަނު ކުރުމަށް ހަމަޖައްސައިފިއެވެ.
އަމީން އާންމުގެ މަގާމަށް ނިއުޝާ އައްޔަނު ކުރުމަށް ހަމަޖެއްސީ، ކުރިން އެމަޤާމުގައި ހުންނެވި އަހުމަދު މުހައްމަދު މިއަހަރުގެ ފެބްރުއަރީ މަހު އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެއްވުމަށް ފަހުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަގާމަށް ކުރިމަތިލެއްވީ ވެސް ހަމައެކަނި ފާތިމަތު ނިއުޝާއެވެ.
މަޖިލިހުގެ ޑެޕިއުޓީ ސެކްރެޓެރީގެ މަގާމުގައި 2012 ވަނަ އަހަރުން ފެށިގެން ނިއުޝާ މަސައްކަތް ކުރައްވާފައިވެއެވެ.