ޖޫން މަހު މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގަތް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޖޫން މަހު މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގަތް
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ޖޫން މަހު 1.3 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާއިން ހާމަކުރި ގޮތުގައި އެއީ 2017 ވަނަ އަހަރުގެ އެމުއްދަތުގައި ލިބުނު އާމްދަނީއާ އަޅައި ބަލާއިރު 41 އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރުގެ ޖޫން މަހު މީރާއިން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 49.8 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް އެއޮތޯރިޓީން ހާމަ ކޮށްފައިވެއެވެ.

މީރާއިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ އެމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ މިއަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ފިޠުރު ޢީދު ބަންދާ ގުޅިގެން ޖޫން 2017 ގެ ހުރިހާ ޓެކުހުގެ ސުންގަނޑިތައް ޖުލައި މަހަށް ފަސްކުރެވުން ކަމަށެވެ. އަދި މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރު ގިނަ ރިސޯޓުތަށް ހުޅުވިފައިވުމުގެ ސަބަބުން ޓޫރިޒަމް ލޭންޑް ރެންޓް، ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށް މީރާއިން ބުންޏެވެ.
މިއަދު އޮންލައިން