"ފިރިމީހާގެ ނުރުހުމުގަ އަނބިމީހާއަށް ވަޒީފާ އަދައެއް ނުކުރެވޭނެއެވެ. އަދި ފިރިމީހާގެ ނުރުހުމުގައި އަނބިމީހާއަށް ސައިކަލެއްވެސް ނުދުއްވޭނެއެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނި "ފިރިމީހާގެ ނުރުހުމުގަ އަނބިމީހާ އަމިއްލައަށް ފައިސާ ދައްކާ ގޮތަށް ކްރެޑިޓަށް ނުވަތަ ދަރަންޏަށް ސައިކަލް ފަދަ ތަކެތި ނެގިދާނެތޯ މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އަނބިމިހާ، ދޫކޮށް ހެދުން އަޅައި ނިވާވުމުން ފިރިމީހާ ހިތްހަމަނުޖެހި ފޫހިވާނަމަ ހަދާނެ ގޮތަކާއި ބެހޭ ގޮތުން ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވީ ފިރިމީހާ ހިތް ހަމަނުޖެހުނު ނަމަވެސް އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތާއި ޚިލާފަށް ކަމެއް ނުކުރެވޭނެ ކަމަށެވެ.