ކައްވަޅުގެ ފުރަތަމަ ރޭ ދައްޖާލު ފައުޅުވުމުން ކުރިމަތިވާ އިމްތިހާން ފަދަ ބިރުވެރިކަމާ ކުރިމަތިލާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ކައްވަޅުގެ ފުރަތަމަ ރޭ ދައްޖާލު ފައުޅުވުމުން ކުރިމަތިވާ އިމްތިހާން ފަދަ ބިރުވެރިކަމާ ކުރިމަތިލާންޖެހޭނެ!
ލޮބުވެތި އަޚުންނާ އުޚުތުންނޭވެ. މަރުވުން އެއީ މުޞީބާތްތަކުން ސަލާމަތް ވެވުން ކަމަށް ހީނުކުރާށެވެ. ކައްވަޅުގެ އަޒާބާއި ކުރިމަތިވާނެ ކަންތައްތަކަކީ ބިރުވެރިކަމުން ފުރިގެންވާ ކަންތައްތަކެކެވެ. ޚާއްޞަކޮށް ކައްވަޅުގައި ހޭދަކުރަންޖެހޭ ފުރަތަމަ ރެއެވެ.

ދައްޖާލު އަރައި އުފައްދާ ފިތުނައިން މީސްތަކުން އިމްތިހާނު ކުރައްވަވާފަދައިން ކައްވަޅުގެ ފުރަތަމަ ރޭ އެންމެންވެސް އިމްތިޙާން ކުރައްވަވާނެތެވެ. އެއީ ޞަޙީޙް ޙަދީޘްފުޅުން ސާބިތުވާ ކަމެކެވެ. ވީމާ މިދުނިޔޭގައި ދައްޖާލުގެ އިމްތިހާނުން ސަލާމަތް ވެވުނު ނަމަވެސް ހަމަ އެފަދަ ބޮޑު ބިރުވެރިކަމަކާއި ކައްވަޅުގައި އެބަ ކުރިމަތިލާން ޖެހެއެވެ. އެފެންވަރުގެ ބޮޑު، ބިރުވެރި އިމްތިޙާނަކާއި އެބަކުރިމަތިލާންޖެހެއެވެ.

އިންސާނާގެ ހަޔާތް 5 ބައަކަށް ބަހައިލެވިދާނެއެވެ. ފުރަތަމައީ ﷲ ތަޢާލާ އިންސާނާ އުފެއްދެވުމެވެ. ދެވަނައީ މައިމީހާގެ ބަނޑުގައި ހޭދަކުރާ ދުވަސްތަކެވެ. 3 ވަނައީ ދުނިޔޭގައި ހޭދަކުރާ ދުވަސްތަކެވެ. 4 ވަނައީ ކައްވަޅުގައި ހޭދަކުރާ ދުވަސްތަކެވެ. 5 ވަނައީ އާޚިރަތް ދުވަހެވެ.

މި ގޮތަށް ބަލައިފިނަމަ ދުނިޔޭގައި މިހޭދަކުރާ މަރުހަލާއަކީ ދެން އޮތް 2 މަރުހަލާއަށް ތައްޔާރުވާން ލިބޭ ފުރުޞަތެވެ. ދަތުރަށްޓަކައި ވީހައި ގިނަ މުދައު ގަނެ އެއްކުރަން ލިބޭ ފުރުޞަތެވެ. އެހެނީ ކައްވަޅުގަ އާއި އާޚިރަތް ދުވަހު ބޭނުން ކުރަން ލިބޭނީ ދުނިޔޭގައި ހުރެ އެ 2 މަރުހަލާއަށްޓަކައި އެއްކުރި މުދަލެކެވެ. މާނައަކީ ދުނިޔޭގައި ހުރެ ކުޅަ ހެޔޮ އަމަލެކެވެ.

ނިކަން ވިސްނައިލަބަލާށެވެ! މަރުވާ މީހުންގެ ގިނަ ބައަކު މަރުވެގެންދަނީ ތެޅިތެޅި އޮއްވައެވެ. އަޅާ ވޭންތަކަށް ކެތް ނުކުރެވިގެންނެވެ. ދިގު މުއްދަތެއްގައި ބަލިވެ އުޅެފައި މަރުވާ މީހުން، މަރުވާ ވަގުތު އުޅޭ ހާލު ފެނޭ ހެއްޔެވެ؟ ކަރުތެރޭގައި ދަވަ ހެދި އަޑު ބޭރުނުވެގެން އުޅެންޖެހޭތަން ފެނޭ ހެއްޔެވެ؟

އެފަދަ ހާލުގައި އުޅެންޖެހޭ މީހުންނަށް އެންމެ ކުޑަމިނުން ޝަހާދަތް ކިޔައިލެވޭކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ ކުއްލި މަރުން މަރުވާ މީހުން ވެސް މަރުވެގެން އެދަނީ ހަމަ އެފަދަ ނިކަމެތި ހާލަތެއްގައެވެ. ޝަހާދަތް ކިޔައިލާނެ ފުރުޞަތު ވެސް ނުލިބިއެވެ. ވީއިރު މާދަމާ ކުރަން ހެޔޮ އަމަލުތައް ބަހައްޓާމީހުންނަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟

-- ލަވް އިސްލާމްގެ ދަރުސަކުން
މިއަދު އޮންލައިން