ރަނިންގެ މޭޓަކަށް ކެންމެ ކެންޑިޑޭޓަކު ހޮވި ނަމަވެސް ތާއީދުކުރާނަން: ރައީސް ނަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރަނިންގެ މޭޓަކަށް ކެންމެ ކެންޑިޑޭޓަކު ހޮވި ނަމަވެސް ތާއީދުކުރާނަން: ރައީސް ނަޝީދު
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަރާތުން ކަނޑައަޅާ ރަނިންގ މޭޓަކު ނިންމުމަށް ޖޭޕީގެ ކައުންސިލުގައި މިރޭ ނަގަން ހަމަޖެހިފައިވާ ވޯޓު، ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް އެ ނަތީޖާ އެމްޑީޕީ ވެސް އަދި އަމިއްލަފުޅު ގޮތުންވެސް ޤަބޫލުފުޅު ކުރައްވާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގައި ވަކި ބޭފުޅަކު ހަމަޖައްސަން ޖުމްހޫރީ ޕާޓީގެ އެއްވެސް މެންބަރަކު އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ރަނިންގ މޭޓަކަށް ވަކި ބޭފުޅަކު ނުވަތަ ބޭފުޅުން ކަނޑައެޅުމަށް އެމްޑީޕީގެ މެންބަރުން ފައުޅުގައި މަސައްކަތްކުރާތީ ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ ޖޭޕީން ކުރާ ކޮންމެ ކަމެއް ވެސް ކުރާނީ ޕާޓީގެ ޤަވާއިދުތަކާއި އެއްގޮތަށް ކަމަށާއި ޖޭޕީން ނިންމަން ޖެހޭ ކަންކަން އަމިއްލައަށް ނިންމުމުގެ ޤާބިލުކަން ޖޭޕީއަށް ލިބިފައިވާ ކަމަށެވެ.

"ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަރާތުން ކަނޑައަޅާ ރަނިންގ މޭޓަކު ނިންމުމަށް ޖޭޕީގެ ކައުންސިލުގައި ނަގާ ވޯޓުން، ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް އެ ނަތީޖާ އެމްޑީޕީ ވެސް އަދި އަޅުގަނޑު އަމިއްލަ ގޮތުންވެސް ބަލައިގަންނާނެ. ހުރިހާ ކެންޑިޑޭޓުންނަށް މަރުޙަބާ!"


މިއަދު އޮންލައިން