ނަމާދުގަ ބަލަންޖެހޭތަނަށް ބެލުމުގެ ފައިދާ އެނގޭނަމަ ކޮންމެ ގޮތަކުން ނަމަވެސް އެކަން ކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ނަމާދުގަ ބަލަންޖެހޭތަނަށް ބެލުމުގެ ފައިދާ އެނގޭނަމަ ކޮންމެ ގޮތަކުން ނަމަވެސް އެކަން ކުރާނެ!
އަޅުގަނޑުމެން ނަމާދުކުރަނީ ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެންނެވެ. ފާފަތައް ފުއްސެވުމަށް އެދިގެންނެވެ. ﷲ ތަޢާލާގެ އަރިއަހުން ފުއްސެވުމާއި ދިންނެވުން އެދިގެންނެވެ. ރޯދިބަރަކާތަށް އެދިގެންނެވެ. ކުރުކޮށް ބުނާނަމަ ތިމާއަށް ބޭނުންވާ ހުރިހާ ކަމަކަށް އެދިގެންނެވެ.

ﷲ ތަޢާލާގެ ވާގިފުޅާއިއެކު މިރޭ ކިޔައިދޭން މަސައްކަތް މިކުރަނީ އެހެންކަމާއިިއެކުވެސް ނުއެނގޭތީ ނަމަވެސް ނަމާދުކުރާއިރު ގިނަ ބައަކަށް ވަރަށް ބޮޑަށް އިހުމާލުވެވޭ ކަމެއްގެ ވާހަކައެވެ. އެއީ ބަލަން ނުޖެހޭ ތަންތަނަށް ބެލުމެވެ. ވަށައިގެން ހިނގާ ކަންކަން ބެލުމެވެ. އެހެން މީހުންގެ ޙަރަކާތްތަކަށް ބެލުމެވެ. އެހެން މީހުން ލައިގެން ތިބޭ ފޭރާމަށް ބެލުމެވެ.

މީސްތަކުންނޭވެ! މިފަދަ ކަންކަމަކީ ނަމާދަށް ހުރެ ކުރަން އެއްގޮތަކަށްވެސް ހެޔޮވާނެ ކަންކަމެއް ނޫނެވެ. ރަނގަޅަށް އަޑުއަހާށެވެ. ނަމާދަށް ހުންނައިރު ބަލަންޖެހޭނީ ސަޖިދަ ކުރާ ތަނަށެވެ. އައްތަހިއްޔާތު ކިޔާ ވަގުތުގައި މެނުވީއެވެ. އައްތަޙިއްޔާތު ކިޔާ ވަގުތު ބަލަންޖެހޭނީ ކަނައަތުގެ އިނގިލިތަކަށެވެ.

މިނޫން އެއްވެސް ތަނަކަށް ޤަޞްދުގައި ބަލައިފިނަމަ މާތް ﷲ އެމީހަކަށް ރަޙްމަތުގެ ބެއްލެވުމުން ބެއްލެވުން ހުއްޓަވައިލައްވަތެވެ.

މިކަމުން އެނގެނީ ނަމާދަށް ހުންނައިރު ބަލަން ނުޖެހޭ ތަންތަނަށް ބެލުމުން ލިބޭ ގެއްލުމުގެ ބޮޑުކަމެވެ. ނަމާދުކުރަނީ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިގެންނެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ ރަޙްމަތުގެ ބެއްލެވުމުން އެމީހަކަށް ބެއްލެވުމުން މަޙްރޫމް ވުމަށްވުރެ ލިބޭނެ ބޮޑު ދެރައަކީ ނުވަތަ އަނިޔާއަކީ ކޮބައިހެއްޔެވެ؟

މީސްތަކުންނޭވެ. ނަމާދަށް ހަރަމްބަނީންސުރެ ސަލާން ދިނުމާއި ދެމެދު މިކަމަށް ރައްކައުތެރިވާށެވެ! ނަމާދުގައި ހުރެ ބަލަން އަންގަވާފައިވާ ތަނަށް ބަލާށެވެ! ތިމާއަށް ﷲ ތަޢާލާ ބައްލަވާ ރަހްމަތުގެ ބެއްލެވުމުން މަޙްރޫމްވެނުގަންނާށެވެ. ނަމާދުން ލިބެންޖެހޭ ފުރިހަމަ ފައިދާ ލިބޭނީ އެއިރުންނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން