"ދަތުރު ފެށުމުގެ ކުރިން ޤަޞްރެއް ނުކުރެވޭނެއެވެ. ނަމަވެސް ޖަމްޢް ކުރެވިދާނެއެވެ."
"ފަސްކޮށް ޖަމްޢްކުރާ އިރުގަ ފުރަތަމަ ކުރާނީ މަޣްރިބް ނަމާދުގެ 3 ރަކްޢަތް. މަޣްރިބް ނަމާދު ނިންމައި ސަލާންދީފަ ޢިޝާ ނަމާދުގެ 4 ރަކްޢަތް ކުރާނީ. ނަމާދުކުރަން ފަށަމުން 2 ނަމާދު ޖަމްޢްކުރާކަމަށް ނިޔަތް ގަތީމަ ރަނގަޅުވާނެ."
"ތަހައްޖުދު ނަމާދަށް ހޭލަން ހުރިހާ ރެއަކުވެސް މަސައްކަތްކުރަންވާނެއެވެ. ނަމަވެސް ހޭލެވުނު ރެއަކު ކުރުމުން ވެސް ރަނގަޅުވާނެއެވެ."
"ނަމާދުކޮށްގެން ޛިކްރްތަސްބީޙަ ކިޔަން އިންދައި ނިދި ޖެހުނު ނަމަވެސް ވުޟޫއެއް ނުގެއްލޭނެއެވެ."
"ބަލިވެ އިނުމުގެ ސަބަބުން (ކުރީކޮޅު ނަމަވެސް) ގެއްލުމެއް ލިބިދާނެ ކަމަށް ހީވި ނަމަވެސް ކޮޅަށް ހުރެ ނަމާދުކުރެވޭ މީހަކު އިށީނދެ އިނދެ ނަމާދުކޮށްގެން ނުވާނެއެވެ. ސަޖިދަކުރަން ނުވަތަ ބިންމަތީ އިށީނދެއިނުމަށް އުނދަގޫނަމަ ހަމައެކަނި އެވަގުތުތަކުގައި އިށީނދެވިދާނެއެވެ."
"ނަމާދުކޮށް ނިމިގެން ޛިކްރް ތަސްބީޙަ ކިޔައި ސުންނަތް ކުރާނެ ވަގުތު ނެތި، ކުރެވެން އޮތީ އެއް ކަމެއް ކަމަށްވާނަމަ ޛިކްރް ތަސްބީޙަކިޔައި ފަހުން ސުންނަތް ކުރެވިދާނެއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
(ޛިކްރް ތަސްބީޙަ އެވަގުތު ނުކިޔައިފިނަމަ ކިޔުމުގެ ފުރުޞަތު ގެއްލޭނެއެވެ. ނަމަވެސް ރަވާތިބު ސުންނަތް ޖެހިގެން އަންނަ ނަމާދުގެ ވަގުތުގައިވެސް ކުރެވިދާނެ ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.)