އެފަދަ މީހުންނަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ މިޖަވާބު ފުދޭކަމަށް ފެނެއެވެ.
ސުވާލު: "އަޅުގަނޑަށް އެނގިފައިވަނީ މީހަކު ނިޔާވުމުން އެ މައްޔިތާ ހިނަވާ ކަފުންކޮށް ވަޅުލުމާއި ހަމައަށް ބައިވެރިވާ މީހުންނަށް އުހުދު ފަރުބަދައެއްގެ ސަވާބު ލިބޭނެ ކަމަށް. މިކަމުގެ ތަފްސީލް ލިބިދާނެތޯ؟"
ޑރ. އިޔާޟްގެ ޖަވާބު: "މައްޔިތާގެ މައްޗަށް ކަށުނަމާދުކުރުމާއި ހަމަ ބައިވެރިވެއްޖެނަމަ ޤީރާތެއްގެ މިންވަރަށް އަދި ވަޅުލުމާއި ހަމައަށް ބައިވެރިވެއްޖެނަމަ 2 ޤީރާތުގެ މިންވަރަށް ސަވާބު ދެއްވަވާނެ ކަމަށް އޮވޭ. ޤީރާތަކީ އުހުދު ފަރުބަދައިގެ މިންވަރު."
މަރުވީ ތިމާ ދަންނަ މީހެއް ނަމަވެސް ނުވަތަ ނުދަންނަ މީހެއް ނަމަވެސް އެމީހާގެ ޖަނާޒާގައި ބައިވެރިވެއްޖެނަމަ އެކަމުން މިއޮތީ އެހެރަ ބޮޑު އުހުދު ފަރުބަދަ ވަރުގެ ދެ ފަރުބަދަވަރުގެ ސަވާބު ހޯދޭށެވެ! މިހައި ފަސޭހައިން މިހައި ގިނަ އަދަދެއްގެ ސަވާބު ލިބެން އޮތްއިރު ޣާފިލުވެ ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟
— Islamic Knowledge (@IKviber) July 14, 2018