ރާއްޖޭގެ ދީނީ އިލްމްވެރިންވެސް ވަނީ މޫނުބުރުގާއަށް ގޮތެއް ނިންމާފަ- ބަލައިގަތުން އެދި ދަނީ ސަރުކާރަށް އާދޭސްކުރަމުން: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރާއްޖޭގެ ދީނީ އިލްމްވެރިންވެސް ވަނީ މޫނުބުރުގާއަށް ގޮތެއް ނިންމާފަ- ބަލައިގަތުން އެދި ދަނީ ސަރުކާރަށް އާދޭސްކުރަމުން: ޝައިޚް ޝަފީޢު

ރާއްޖޭގެ ދީނީ އިލްމްވެރިންވެސް ވަނީ މޫނުބުރުގާއަށް ގޮތެއް ނިންމަވާފައި ކަމަށާއި ޢިލްމުވެރިންގެ ނިންމެވުން ބަލައިގަތުން އެދިވަޑައިގެން ޢިލްމުވެރިން ޢިލްމުވެރިން ގެންދަވަނީ ސަރުކާރަށް އާދޭސް ދަންނަވަމުން ކަމަށް އައްޝައިޚް ޝަފީއު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ ޝައިޚް ޝަފީޢުގެ ބަސްފުޅު ރީޓްވީޓްކުރައްވައި އެކަމަށް ތާއީދު ކުރައްވައިފައެވެ.
"އިސްލާމީ އުންމަތުގެ ޢލްމުވެރިން ވަނީ މޫނު ބުރުގާ އާއިމެދު ގޮތެއް ނިންމަވާފަ. އެއީ ވާޖިބު ނުވަތަ މުސްތަހައްބު ކަމެއްގެ ގޮތުގަ.

އަދި ހަމަ އެހެންމެ ދިވެހި އިލްމުވެރިންވެސް ވަނީ އެގޮތް ބަަލއިގެންފަ. ސަރުކާރަށް އެކިއެކި ފަހަރުމަތިން ވަނީ އާދޭސް ކުރައްވާފަ. މޫނު ބުރުގާ އަޅާ އުޚުތުން ވަޒިފާއިން ވަކި ނުކުރެއްވުމަށް. އަނބުރާ ވަޒީފާ ދެއްވުމަށް.

އެހެންވީމާ ގޮތެއް ނުނިންމިގެން އުޅެނީ ޢިލްމުވެރިންނަކަށް ނޫން. ސަރުކާރަށް. ސަރުކާރުން އެކަން އިސްލާޙް ކުރެއްވުމަށް ހަނދުމަކޮށްދެން."





މިއަދު އޮންލައިން