ސޫރަތުލް ތައުބާ "ބިސްމިﷲ" އިން ނުފެށޭކަން އިނގޭތަ؟

ކިޔުމަށް ހޭދަވާނީ 1މ 35ސ
ސޫރަތުލް ތައުބާ "ބިސްމިﷲ" އިން ނުފެށޭކަން އިނގޭތަ؟
ކީރިތި ޤުރްއާނުގައި "ބިސްމިﷲ" އިން ނުފެށޭ ހަމައެކަނި ސޫރަތަކީ ސޫރަތުލް ތައުބާއެވެ.

އެހެން ހުރިހާ ސޫރަތެއް "ބިސްމިﷲ" ގެ ބަރަކާތުން ފެށޭއިރު، ސޫރަތުލް ތައުބާ "ބިސްމިﷲ" އިން ނުފެށެނީ ކީއްވެކަމާއިމެދު ގިނަ މުސްލިމުންގެ ހިތުގައި ސުވާލު އުފެދިފައިވެއެވެ.

އެސުވާލުގެ ޖަވާބު ދީފައިވަނީ ތިރްމިދީ ތަފްސީރުންނެވެ.

ތިރްމިދީގައިވާ ގޮތުން އުޘްމާން ބިން އައްބާސް (ރަޟިއަﷲ އަންހު) އަރިހަށް އިބްނު އައްބާސް (ރަޟިޢަﷲ އަންހު) ވަޑައިގެން ސުވާލު ކުރެއްވެވިއެވެ.

ސޫރަތުލް އަންފާލް އާއި ސޫރަތުލް ތައުބާ ދެއްކެވުމަށްފަހު، ސޫރަތުލް އަންފާލް "ބިސްމިﷲ" އިން ފެށޭއިރު ސޫރަތުލް ތައުބާ އެފަދައިން ނުފެށެނީ ކީއްވެތޯ ސުވާލު ކުރެއްވެވިއެވެ.

މިދެސޫރަތަކީ ވެސް އެއްކަހަލަ ގޮތްތަކެއް ހިމެނިގެންވާ ދެ ސޫރަތެވެ. ސޫރަތުލް އަންފާލް ބާއްވާލެއްވީ ރަސޫލާ (ޞޢޥ) މައްކާގައި ހުންނަވަނިކޮށް ތަންކޮޅެއް ކުރިންނެވެ. ސޫރަތުލް ތައުބާ ވެސް މައްކާގައި ހުންނަވަނިކޮށް ބާވާލެއްވި ކަމުގައި ވިޔަސް އެސޫރަތް ބާވައިލެއްވީ ތަންކޮޅެއް ފަހުންނެވެ.

އުޘްމާންގެފާނު ދެއްވި ޖަވާބަކީ މިއީއެވެ.

"ސޫރަތުލް އަންފާލް އާއި ސޫރަތުލް ތައުބާ ގައި ހިމެނޭ، މާތް ﷲ ގެ ވަޙީ ބަސްފުޅުތަށް ދާދި އެއްގޮތެވެ. އެހެންކަމުން ސޫރަތުލް ތައުބާއަކީ ސޫރަތުލް އަންފާލްގެ ބައެއް ކަމުގައި ގިނަ ބަޔަކަށްވަނީ ޤަބޫލު ކުރެވިފައެވެ.

މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ވެސް ވަނީ، އެއްވެސް ބަޔަކު ސޫރަތުލް ތައުބާ ލިޔުއްވަން ފައްޓަވާއިރު 'ބިސްމިﷲ' ނުލިޔުއްވަން ގޮވާލައްވާ ވަސިއްޔަތް ކުރައްވާފައެވެ. އެހެންކަމުން އެކަލޭގެފާނުގެ އުންމަތުގެ އެއްވެސް ބަޔަކު އެސޫރަތް ފަށާއިރު 'ބިސްމި' ގެ ބަރަކާތުން ނުފަށާނެއެވެ.

ނަމަވެސް ސޫރަތުލް ތައުބާއަކީ ސޫރަތުލް އަންފާލުގެ ބައެއްތޯ ސުވާލު ކުރައްވަ އޭގެ ތަފްސީލެއް ހޯދުމުގެ ކުރިން މާތް ނަބިއްޔާ (ޞޢޥ) ވަނީ މިދުނިޔެ ދޫކުރައްވާ ވަޑައިގެންފައެވެ."
މިއަދު އޮންލައިން