އަންހެނުންނަށް އޮތް އެންމެ މަތިވެރި ޖިހާދަކީ ޙައްޖުވުން: އިމާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަންހެނުންނަށް އޮތް އެންމެ މަތިވެރި ޖިހާދަކީ ޙައްޖުވުން: އިމާމް
"ނޫނެކެވެ! ތިއަ ކަނބަލުންނަށް ލިބިގެންވާ އެންމެ ރަނގަޅު އަދި އެންމެ ރިވެތި ޖިހާދަކީ ގެފުޅު އަރިހަށް ގޮސް މަބްރޫރް ޙައްޖެއްވުމެވެ!" މިއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅެކެވެ.

މިޙަދީޘްފުޅު ކުރެއްވެވީ ޢައިޝަތުގެފާނު ކުރެއްވެވި ސުވާލަކާއި ގުޅިގެންނެވެ. އެ ސުވާލަކީ "އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެން ކަލޭގެފާނުގެ އަރިއަހުގައި ނުކުމެ ޖިހާދުކުރުމެއް ނެތްތޯއެވެ؟ ހަމަކަށަވަރުން ކީރިތި ޤްރްއާނުން ޖިހާދުކުރުމަށްވުރެ މާތް އަމަލެއް އަޅުގަނޑަކަށް ނުފެނުނެވެ."

އިމާމް މިއަދުގެ ޚުޠުބާގައި ބަޔާން ކުރެއްވެވި މިޙަދީޘްފުޅުން ހައްޖުވުމުގެ މަތިވެރިކަން އަންހެނުންނަށް އޮތް މިންވަރު ވަރަށް ރަނގަޅަށް އެނގިފެންދެއެވެ. އެހެނީ އަންހެނުން ގެފުޅު އަރިހަށް ގޮސް މަބްރޫރް ޙައްޖެއްވުމަކީ އެކަނބަލުންނަށް ލިބިގެންވާ އެންމެ ރަނގަޅު އަދި އެންމެ ރިވެތި ޖިހާދުކަން ހަދީޘްފުޅުން އެނގިގެންދެއެވެ.

އަންހެނުން ހައްޖުވުމަށް މިއަދު އެހެން ބައެއްގެ އެހީތެރިކަމަށް އެދިގެން އިންތިޒާރުކުރާކަށް ނުޖެހެއެވެ. އެހެނީ ގިނަ އަދަދެއްގެ އަންހެނުންނަކީ އަމިއްލައަށް މަސައްކަތްކޮށް އާމްދަނީ ހޯދާ ބައަކަށްވުމެވެ. އެކަނބަލުންގެ ހަލާލު މަސައްކަތުން ހޯދާ ފައިސާއިން ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމުގެ ހުރިހާ ޙައްޤެއް އެކަނބަލުންނަށް ފުރިހަމައަށް ލިބިގެންވެއެވެ.
މިއަދު އޮންލައިން